ކޮލަމިސްޓް

ޙާފިޡުންގެ ބަގީޗާއިން އަލްޙާފިޡް ނާދިޙް އަބްދުލް ޙަމީދް

ނ އަތޮޅު މާފަރު ނާދީ ޢަބްދުލް ޙަމީދާއި ހަމަ އެރަށު މައިމޫނާ އިބްރާޙިމްގެ ނާދިޙް ޢަބަދުލް ޙަމީދަކީ ޢުމުރުން ފަސް އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކުރަން ފެށި ޙާފިޡެކެވެ.

ނާދިޙް ކީރިތި ޤުރުއާން ހިތުދަސް ކުރަން ޝައުޤުވެރިކަން އުފެދުނީ ކީރިތި ޤުރުއާން އުގެނުމަށް ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒާއި ގުޅުނު ހިސާބުން ކަމަށް ނާދިޙްބުނެއެވެ.

ކީރިތި ޤުރުއާން ހިތުދަސް ކުރުމަށް ޝައުޤުވެރިކަން އުފެދި ފެށި ދަތުރު  ނިންމާލެވުނީ ޢުމުރުން ސާދަ އަހަރުގައެވެ. ނަމަވެސް ޙާފިޡް ކަމުގެ ސަނަދު

ލިބިފައިވަނީ ޢުމުރުން ފަނަރަ އަހަރުގައެވެ.

ކީރިތި ޤުރުއާން ހިތުދަސް ކުރުމުގެ މި ބުރަ މަސަކަތް ނާދިޙް ކޮށް ނިންމައިލައިފައިވަނީ މަދުރަސީ ދައުރުގެ ތެރޭގައި ކަމުން ޤުރުއާން ހިތުދަސް ކުރުމާއި ސްކޫލުގެ ފިލާވަޅުތަށް ހެދުމާއި ދަސްކުރުން ހުރިހާ ކަމެއް އެފަހަރާ ކުރަންޖެހުމުން އުނދަގޫ ތަކެއް ދިމާވިނަމަސް އެއުނދަގޫތަށް ކަޑައްތުކޮށް އަލްޙާފިޡް ނާދިޙް ވަނީ އެކަން ކާމިޔާބު ކަމާއި އެކު ނިންމައިލައި ފައެވެ.

އަލްޙާފިޡް ނާދުޙްގެ ޙާއްސަ ޝުކުރެއް ޚާއްސަ ކޮށްލީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ މުދައްރިސުންނަށެވެ. އެމުދައްރިސުން ވަނީ އެނާގެ އެކާމިޔާބީގައި ވަރަށް ބޮޑު ދައުރެއް އަދާ ކޮށްފައިކަމަށް ނާދިޙްބުނެއެވެ. އަދި އޭނާގެ މައިންބަފައިންގެ ނަށް ހިތުގެ ފުންމިނުން އޭނާ ޝުކުރު އަދާކުރެއެވެ.

ޙާފިޡަކަށް ވެވުމަކީ ވަރަށް ޝަރަފުވެރި އަދި އިޚްތިރާމް ލިބޭ ކަމަށް ކަމަށް ނާދިޙް ބުނެއެވެ. ނަމަވެސް އެކަމަކީ ވަރަށް ބުރަ މަސައްކަތުން ޙާސިލް ކުރެވޭ ކަމެއްކަމަށް ނާދިޙް ބުނެއެވެ. ޙާފިޡަކަށް ވެވުމަކީ ޙަޔާތުގައި ޙާސިލް ކުރެވުނު އެންމެ ބޮޑު ކަންތައް ކަމުގައި ނާދިޙް ދެކެއެވެ.

މުސްތަޤްބަލުގައި ޤާނޫނީ ދާއިރާއިން ކުރިއަށް ދިއުމަށް އުންމީދުކުރާ ނާދިޙް ޙާފިޡް ކަމުގެ ސަނަދު ޙާސިލް ކޮށްފައިވަނީ 2018ވަނަ އަހަރު އޭނާގެ ޢުމުރުން ފަނަރައަހަރުގައެވެ.

ކީރިތި ޤުރުއާން ހިތުދަސް ކުރާ ކުދިންނަށް ބުނެލީ ޤުރުއާނުގެ ސަތޭކަ ސާދަ ސޫރަތް ދަސްކޮށްލެވިދާނެ ކަމަށާއި މިކަމުގައި ބޮޑު ކަމަކީ ދަސްކުރި ސޫރަތްތަށް ހިތުގައި ބެހެއްޓުން ކަމަށެވެ. އެހެން ވީމާ އަބަދުވެސް މުރާޖަޢާ ކުރުން ކުރިއަށް ގެންދިއުމަށް ނާދިޙް ހަނދާން ކޮށްދިނެވެ.

މިހާރު ސީއެޗްއެސްސީ އިން ތަޢުލީމު ޙާސިލް ކުރަމުންދާ އަލްޙާފިޡް ނާދިޙްއަކީ ތަޢުލީމީ ގޮތުން ވެސް ގިނަ ކާމިޔާބީ ތަކެއް ޙާސިލް ކޮށްފައިވާ ކުއްޖެކެވެ. އަދި އޭނާ ބައިވެރިވެފައިވާ ގިނަ ޤުރުއާން މުބާރާތް ތަކުންވެސް ވަނީ ވަނަތަށް ޙާސިލްކޮށްފައި ވެއެވެ. އަދި ސަޢުދީޢަރަބިއްޔާ ގައި ރާއްޖެ ތަމްސީލް ކޮށް ވަނަވެސް އަލްޙާފިޡް ނާދިޙް ޙާސިލް ކޮށްފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *