އއ ތޮއްޑޫ ކާނޭޝަން މާގޭ ޢައިޝަތު ޝަޒްނާއާއި ހަމަ އެރަށު ފިނިވާގޭ މުޙައްމަދު ޝާމިންގެ، ޢުމުރުން 20އަހަރުގެ އަލްޙާފިޡް އާދަމް މިޝްޢަލް ޝަމީން އަކީ ޢުމުރުން 11އަހަރުގައި ޙާފިޡް ކަމުގެ ސަނަދު ޙާސިލް ކޮށްފައިވާ ޒުވާނެކެވެ.
މިޝްޢަލް ޤުރުއާން ހިތުދަސް ކުރަން ފެށީ ޢުމުރުން 7އަހަރުގައެވެ. 2007ވަނަ އަހަރު ޤުރުއާނާއި ބެހޭ މަރުކަޒުގައި ބައިވެރިވިއެވެ.
މިޝްޢަލް ބުނާ ގޮތުން މިޝްޢަލް ޤުރުއާން މިޝްޢަލް، ހިތުދަސް ކުރުމަކީ މިޝްޢަލްގެ މާމަގެ އުންމީދެކެވެ. އޭރު ހިތުދަސް ކުރަން ފެށިއިރު މިކަމުގެ ބޮޑުކަން ނުވިސްނުނަސް މިހާރު މިއީ ވަރަށް ބޮޑު ފަސޭހައެއް އަދި ނިޢުމަތެއް ކަމަށް މިޝްޢަލް ބުނެއެވެ. މިޝްޢަލްގެ މާމަގެ މި އުންމީދު ﷲގެ ވާގިފުޅާއި އެކު މިޝްޢަލް ވަނީ ދެއަހަރު ދުވަހުން ފުރިހަމަ ކޮށްދީފައެވެ.
ޤުރުއާން ހިތުދަސް ކުރަމުން ދިޔައިރު ދިމާވި ދަތި ތައް ކިޔައި ދެމުން މިޝްޢަލް ބުނީ ޤުރުއާނުގެ ބައެއް ބައިތަށް ދަސްކުރުމުގައި، ޙާއްސަކޮށް އެއްގޮތްކަން ހުންނަ އާޔަތްތަށް ހުންނަ ބައިތަށް އޮޅޭ ގޮތް ދިމާވާ ކަމަށެވެ. އަދި ބައެއް ދުވަސް ދުވަހު ދަސްކުރާ ހިތް ނުވުމުން ކުރިއަށް ނުގެންދެވޭކަމަށެވެ.
ދަސްކުރާ ހިތް ނުވެގެން ކުރިއަށް ނުދެވޭ ދުވަސް ދުވަހު ކިޔެވުމުން ކުޑަ "ބްރޭކެއް" ނަގާކަމަށް މިޝްޢަލް ބުނެއެވެ. ސަބަބަކީ އަބަދު ކިޔެވުމުން ފޫހިވެ އެކަން ކުރަން ފޫހިވެދާނެތީއެވެ. އަދި ޤުރުއާން ހިތުދަސް ކުރާ ކުދިންގެ ބެލެނިވެރިން މިކަން ހަނދާނުގައި ބެހެއްޓުމަށް މިޝްޢަލް ނަސޭހަތް ތެރިވެއެވެ.
މި ބޮޑު ބުރަ މަސައްކަތުގައި މިޝްޢަލް އަށް އެންމެ ބޮޑު އެހީ ތެރިކަމެއް ދެއްވީ މިޝްޢަލްގެ މާމަކަމަށް މިޝްޢަލް ބުނެއެވެ.
އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ޝަހާދާ ޘާނަވިއްޔާ ޙާސިލް ކޮށްފައިވާ މިޝްޢަލް ބުނީ ޤުރުއާން ހިތުދަސް ކުރާތީ ކިޔެވުމަށް ދަތިކަމެއް ލިބޭ ކަމަށް ދުޝުމަކީވެސް ކުށްހީއެއް ކަމަށެވެ. ﷲގެ ކަލާމްފުޅުން އަނިޔާވެރިންނަށް ނޫނީ ގެއްލުމެއް ނެތް ކަން ޔަޤީން ކަމަށެވެ.
ޙަޔާތުގެ އެންމެ އުފާވެރިކަން ލިބުނު އެއްކަމަކަށް ހަމަ ގައިމުވެސް ޙިފްޡުކޮށް ނިންމާލެވުން ވާނެ ކަމުގައި މިޝްޢަލް ބުނެއެވެ.
މުސްތަޤްބަލުގައި މިދާއިރާއިން ޙާސިލް ކުރަން ބޭނުން ވާ ކަމަކީ ކޮބައިތޯ ސުވާލުކުރުމުން މިޝްޢަލް ބުނީ ވީހާވެސް ގިނަ ދިވެހިން މި ދާއިރާއިން ފެނުން، އެއީ މިޝްޢަލް ދެކޭ ގޮތުގައި މިދާއިރާއަށް އެންމެ ބޭނުންވާ ކަންތަށްކަމަށެވެ. އަދި މިދާއިރާއަށް ނުކުނަން ބޭނުންވާ ކުދިންނަށް އެހީވުން އެއީ ކުރާ އުންމީދެއް ކަމަށާއި އަދި އެއީ ލިބޭނެ އުފަލެއް ކަމަށް މިޝްޢަލް ބުނެއެވެ.
މުސްތަޤްބަލުގައި އިމާމެއްގެ ކުރިއަށް ދާން ބޭނުންވާ މިޝްޢަލް އިތުރަށް ކިޔަވަން ބޭނުންވަނީ ފިޤްހު ޢިލްމެވެ.
2014 ވަނަ އަހަރު ފަލާޙް ޤުރްއާން މުބާރާތުން 16އަހަރުން ދަށުން ހިތުން ކިޔުމުގެ ބައިން ހަތަރުވަނަ، 2016ވަނަ އަނަރު ހަމަ އެމުބާރާތުން 16އަހަރުން ދަށުން ހިތުން ކިޔުމުން 3ވަނަ އަލްޙާފިޡް މިޝްޢަލް ހާސިލް ކޮށްފައިވެއެވެ. އަދި ސްކޫލް ގެ އިންޓަރ ހައުސް ޤުރްއާން މުބާރާތުން 2017 ވަނަ އަހަރު ޢުމުރުފުރާއިން ދެވަނަ ޙާސިލް ކޮށްފައިވެއެވެ.
އަދި ޢަރަބިބަހުން ފުރިހަމައަށް ވާހަކަ ދެއްކުމުން ސަޢުދީ ސަފީރު ދެއްވި އިނާމަކީ ޙާއްސަ އިނާމެއްގެ ގޮތުގައި އަލްޙާފިޡް މިޝްޢަލް ފާހަގަކުރެއެވެ.
2013 އަދި 2014 ވަނަ އަހަރު އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ސީނިއަރ ޕްރިފެކްޓް ކަންކޮށްފައިވެއެވެ. އަދި 2015އަދި 2016 ގައި އަބޫބަކުރު ހައުސްގެ ކެޕްޓަން ކަން ކޮށްފައިވެއެވެ. އަދި 2017ވަނަ އަހަރު ވާހަކަ ދެއްކުންތެރިންގެ ޖަމްޢިއްޔާގެ ރައީސްކަން ވެސް އަލްޙާފިޡް މިޝްޢަލް ކޮށްފައިވެއެވެ.
ޙަޔާތުގެ އެންމެ އުފާވެރިކަން ލިބުނު އެއްކަމަކަށް ހަމަ ގައިމުވެސް ޙިފްޡުކޮށް ނިންމާލެވުން ވާނެ
މިޝްޢަލް ޝުކުރު ދަންނަވާލަން ބޭނުން ވަނީ ކާކަށްތޯ ސުވާލު ކޮށްލުމުން މިޝްޢަލް ބުނީ މަދްރަސީ ދައުރުގައި ހުރިހާ މަރުޙަލާ އެއްގައި ކިޔަވައިދެއްވި ހުރިހާ މުދައްރިސުންނަށް ވަރަށް ޙާއްސަ ޝުކުރެއް ދަންނަވަން ބޭނުންވާ ކަމަށެވެ.
2011ވަނަ އަހަރު ޙާފިޡް ކަމުގެ ސަނަދު ހޯދި މިޝްޢަލް ޙިފްޡު ކުރާ ކުދިންނަށް ބުނެލީ ފުރަތަމަ ތިމާ ހިތުދަސް ކުރަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިލާހީ ޤާނޫނުކަން ހިތުގައި އަބަދުވެސް ބާއްވާށެވެ. އަދި ދެވަނަ ކަމަކަށް އެފޮތަށް ޢަމަލު ކުރުމީ އެފޮތް ހިތުދަސް ކުރުމަށް ލިބޭ އެންމެ ބޮޑުބާރުކަން ހަނދާނުގައި ބެހެއްޓުމަށް މިޝްޢަލް ބުނެއެވެ. އަދި ތިންވަނަ ކަމަކަށް އުރެދުންތަކަށް ދުރުވެ އިސްތިޢްފާރު ކުރުން ގިނަ ކުރުމުން ތިމާގެ ހިތް އަލިވެ ހިތުދަސް ކުރުމަށް ފަސޭހަ ވާނެކަމަށް އަލްޙާފިޡް މިޝްޢަލް ބުނެއެވެ.
ޚިޔާލު