ނ ލަންދޫ ކިނާރާގޭ ޢަބްދުއްރަޙީމާއި ޝަމީމާ މޫސާގެ 8ދަރިންގެ ތެރެއިން 6ވަނަ ދަރިފުޅު މާޒިނާ ޢަބްދުއްރަޙީމަކީ 2019 ވަނަ އަހަރު ޙާފިޘް ކަމުގެ ސަނަދު ޙާސިލް ކޮށްފައިވާ 19އަހަރުގެ ޒުވާނެކެވެ.
އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ޝަހާދާ ޘާނަވިއްޔާ ހާސިލް ކޮށް މިހާރު މިޞްރުގެ އަލް އަޒްހަރް ޔުނިވަރސިޓީ އިން އުޞޫލުއްދީން ގެ ރޮގުން މަތީ ތަޢުލީމު ޙާޞިލް ކުރަން މިވަގުތު މިޞްރުގައި ހުރި އަލްޙާފިޡާ މާޒިނާ ކީރިތި ޤުރުއާން ހިތުދަސް ކުރަން ފެށީ ޢުމުރުން 11އަހަރުގައެވެ. އެއީ 2013ވަނަ އަހަރެވެ.
އަލްޙާފިޡާ މާޒިނާ ޤުރުއާން ހިތުދަސްކުރަން ޝައުޤުވެރިކަން އުފެދުނީ ސްކޫލްގައި ޤުރުއާން މާއްދާ ކިޔަވާއިރު ހިތުދަސް ކުރަން ޖެހި އެކަން ކުރަން ﷲގެ ރަޙްމަތް ފުޅުން ފަސޭހަވުމުންނެވެ. ޝައުޤުވެރި ކަމާއި އެކު ކުރަން ފެށި މިމަސައްކަތް 3އަހަރު ދުވަސް ތެރޭގައި، 2016ވަނަ ނިންމައިލެވިއްޖެއެވެ.
ޤުރުއާން ހިތުދަސް ކުރަމުން ދިޔައިރު ކޮންމެވެސް ވަރެއްގެ އުނދަގޫ ތަކެއް ދިމާވި ނަމަވެސް މައިން ބަފައިންނާއި ޢާއިލާ އަދި މުދައްރިސުންގެ އެހީތެރި ކަމާއި އެއްބާރު ލުމާއި އެކު، ކާމިޔާބު ކަމާއިއެކު މިބުރަ މަސައްކަތް މާޒިނާ މިވަނީ ނިންމައިލައިފައެވެ.
ޤުރުއާން ހިތުދަސް ކުރަމުން ދިޔުމުގެ ސަބަބުން ކިޔެވުމަށް އިތުރަށް ފަސޭހަވެގެން ދިޔަކަމަށް މާޒިނާ ބުނޭ
ޤުރުއާން ހިތުދަސް ކުރަމުން ދިޔައިރު އެންމެ ބޮޑު އެހީތެރިކަމެއް ދެއްވީ މާޒިނާގެ ނިޔަނެތި މަންމަ ޝަމީމާ ކަމަށް މާޒިނާ ބުނެއެވެ. އަދި ބައްޕައާއި ޢާއިލާގެ އެހެން މެމްބަރުންގެ އެހީތެރިކަން މާޒިނާ ފާހަގަ ކުރީ ޝުކުރުވެރިކަމާއިއެކުއެވެ. އަދި އުގަންނައި ދެއްވި އެންމެހާ މުދައްރިސުންގެ އެހީތެރިކަމާއި އެއްބާރުލުން މާޒިނާ ފާހަގަ ކުރިއެވެ.
ޤުރުއާން ހިތުދަސް ކުރުމަކީ މަދުރަސީ ދައުރުގައި ކުރަމުން ދިޔަ ކަމަކަށް ވިޔަސް އެކަމުގެ ސަބަބުން ކިޔެވުމަށް ދަތިކަމެއް ދިމާނުވާ ކަމަށް އަލްޙާފިޡާ މާޒިނާ ބުނެއެވެ. އަދި ޤުރުއާން ހިތުދަސް ކުރަމުން ދިޔުމުގެ ސަބަބުން ކިޔެވުމަށް އިތުރަށް ފަސޭހަވެގެން ދިޔަކަމަށް މާޒިނާ ބުނެއެވެ.
ކުރިއަށް އޮތް ތަނުގައި ޤުރުއާނުގެ ދާއިރާއިން ޙާސިލް ކުރަން ބޭނުންވާ ކަމަކީ ކޮބައިތޯ ކުރި ސުވާލުގެ ޖަވާބުގައި މާޒިނާ ބުނީ އިޖާޒާ ޙާސިލް ކޮށް އަދި ތަފްސީރު ޢިލްމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ކަމަށެވެ.
މަދަރުސީ ދައުރުގައި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތާއި ފަލާޙް މުބާރާތުން ވަނަ ވަނަ ޙާސިލް ކޮށްފައިވާ މާޒިނާ ބުނަނީ ޙަޔާތުގައި ޙާސިލް ކުރެވުނު އެންމެ ބޮޑު ކަމަކީ ކީރިތި ޤުރުއާން ހިތުދަސް ކުރުން ކަމުގައެވެ.
މަދަރުސީ ދައުރުގެ ފަހު އަހަރު މަދަރުސާގެ ކެޕްޓަން ކޮށް 2018ވަނަ އަހަރު ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ދަރިވަރުގެ މަޤާމު ހޯދައިފައިވާ މާޒިނާގެ އުއްމީދަކީ ތަޢުލީމީ ގޮތުން ކާމިޔާބު ޤައުމަށް އަގުހުރި ޙިދްމަތް ތަކެއް ކޮށްދޭ ދަރިއަކަށް ވުމެވެ.

ޤުރުއާން ހިތުދަސް ކުރަމުން ދިޔުމުގެ ސަބަބުން ކިޔެވުމަށް އިތުރަށް ފަސޭހަވެގެން ދިޔަކަމަށް މާޒިނާ ބުނޭ















ޚިޔާލު