ރާއްޖޭގެ ޚަބަރު އައްޑޫ ސިޓީ ފޭދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅުއްވައިފި

އައްޑޫ ސިޓީ ފޭދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅުއްވައިފި

އައްޑޫ ސިޓީ ފޭދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އަޅުއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީގެ ފޭދޫގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ މިއަދު ވަނީ އަޅުއްވައިފައެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ. މިކަމުގެ ސަބަބުން ފޭދޫގެ ރައްޔިތުންނަށް ދީނީ އަޅުކަންތައްތައް ފުއްދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ، ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ފޭދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދަޢުލަތުގެ ބައެއް ވަޒީރުންނާއި އައްޑޫ މަޖިލިސް މެމްބަރުންވެސް ވަނީ ބައިވެރިވެލައްވާފައެވެ.

އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ ޑިޒައިންގައި ޒަމާނީ ވަސީލަތްތައް ހިމެނޭނެއެވެ. މިގޮތުން، މިސްކިތް ނިމިގެންދާއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އެތަން އޭސީ ކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، މިސްކިތުގައި ލައިބްރަރީއަކާއި ދީނީ ތަޢުލީމު ދިނުމަށް ޚާއްޞަ ކުލާސްރޫމެއްވެސް ހިމެނޭނެއެވެ. މިއީ ފޭދޫގެ ދީނީ އަދި ތަޢުލީމީ ކުރިއެރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ޓެގް

އައްޑޫ ސިޓީ މިސްކިތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.