ޤައުމު މިއޮތް ހާލަތުގައި ގޭގައި ހުކުރު ނަމާދު ކުރެވިދާނެތަ؟

ޤައުމު މިއޮތް ހާލަތުގައި ގޭގައި ހުކުރު ނަމާދު ކުރެވިދާނެތަ؟
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ސުވާލު: ހުކުރުދުވަހު ހުކުރަށް ނުދެވެންޏާ ގޭގައި އާއިލާގެ ހުރިހާ ފިރިހެނުންވެގެން ހުކުރު ކުރެވިދާނެތަ؟ ނުވަތަ ކުރަންޖެހޭނީ މެންދުރު ނަމާދުތަ؟

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ގޭގައި ޖަމާޢަތް ހަދައިގެން ހުކުރު ކުރެވިދާނެއެވެ. ނޫންނަމަ މެންދުރު ނަމާދުވެސް ކުރެވިދާނެއެވެ.

މަތީގައިވާ ޖަވާބުގައި ގޭގައި ހުކުރުކުރުން ހުއްދަ ކަމަށް ބުނެފައިވަނީ ސުވާލުގައި އޮތް އިބާރާތަށް ބަލާފައެވެ.

ނަމަވެސް މިވަގުތު ރާއްޖޭގައި އަދި ދުނިޔޭގައިވެސް ވަކި ހާލަތެއް މެދުވެރިވެފައިވާތީ އަދި މިނިސްޓްރީ އޮފް ިއިސްލާމިކް އެފެއަރޒްއިންވެސް މިވަގުތު މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގެ ނަމާދާއި ހުކުރުކުރުން ވަގުތީގޮތުން ހުއްޓާލާފައިވާތީ އަދި ހުކުރު ނަމާދުގެ ބަދަލުގައި ކޮންމެ ބޭފުޅަކުވެސް ގޭގައި މެންދުރު ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީއިން އަންގާފައިވާތީ އާއްމު މަސްލަހަތާއި ޝަރުޢީ މަޤްޞަދުތަކަށް ރިޢާޔަތްކޮށް ހުކުރު ނަމާދު ގެތަކުގައި ޤާއިމް ނުކޮށް މެންދުރު ނަމާދު ކުރުމަށް އަޅުގަނޑު ނަޞޭހަތްތެރިވަމެވެ.

އަދި ހަމަ އެހެންމެ ވަރަށް ގިނަ ޢިލްމުވެރިންނާއި މިމައްސަލައިގައި މަޝްވަރާކުރުމަށްފަހު އެބޭފުޅުންގެ މަޝްވަރާއަކީވެސް މިއީކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.

ދުޢާއަކީ މިވަބާއިން ސަލާމަތްވުމުގެ ތައުފީޤް އަޅުގަނޑުމެން އެންމެނަށް ﷲ މިންވަރުކޮށްދެއްވުމެވެ.

والله أعلم

 

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.