މީހުންނާ ދިމާއަށް ވަނަންކިޔުން

މީހުންނާ ދިމާއަށް ވަނަންކިޔުން
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ސުވާލު: ދީނީގޮތުން ކޮންމެ މީހަކަށްވެސް ރަނގަޅު މާނައެއް އެކުލެވިގެންވާ ނަމެއް ކިޔަންޖެހެއެވެ. ނަމަވެސްބައެއް މީހުން ވަނަން (ނިކްނޭމް) ބޭނުންކުރެވެ. ވަނަންބޭނުންކުރުމުން މާ ހިތްހަމަޖެހޭ ކަމުގައިވެޔެއެވެ. ދީނީގޮތުން މީ ކޮންކަހަލަ ކަމެއްތޯ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އަސްލަށް ބަލާއިރު ދީނީގޮތުން މީހުންނަށް ގޮވަންޖެހޭނީ އެމީހަކު އެންމެ ހިތް އެދޭ އަދި ރުހޭ ނަމަކުންނެވެ. ޢާއްމުގޮތެއްގައި މީހުންނަށް ކިޔާ އުޅޭ ވަނަންތަކަށް ބަލާއިރު، ކިޔާ ހަދަނީ އެމީހެއްގެ ހުންނަ ސިފަޔަކަށް ނިސްބަތްކޮށް، ނުވަތަ އެނޫންވެސް ގޮތަކަށް މަޖާކޮށް ދިމާ ކުރުމުގެ ގޮތުންނެވެ. އެހެންކަމުން އެ ވަނަން ރައްދުވާމީހާ ރުހުނުކަމުގައިވިޔަސް އެނަމަކުން އޭނަޔަކަށް ގޮވުން އެއީ ރަނގަޅުކަމެއްކަމުގައި ނުފެނެއެވެ. އަދި ޚާއްޞަކޮށް އެނަމަކީ އޭނާ ނުރުހޭ ނަމެއްކަމުގައި ވާނަމަ އެއީ ދީނުގައި މަނާކުރައްވާފައިވާ ކަމެކެވެ.

ﷲ ސޫރަތުލް ހުޖުރާތުގެ 11 ވަނަ އާޔަތުގައި ވަޙީކުރައްވަނީ يَا أَيُّهَا الَّذِينَ آَمَنُوا لَا يَسْخَرْ قَومٌ مِنْ قَوْمٍ عَسَى أَنْ يَكُونُوا خَيْرًا مِنْهُمْ وَلَا نِسَاءٌ مِنْ نِسَاءٍ عَسَى أَنْ يَكُنَّ خَيْرًا مِنْهُنَّ وَلَا تَلْمِزُوا أَنْفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ وَمَنْ لَمْ يَتُبْ فَأُولَئِكَ هُمُ الظَّالِمُونَ މާނައީ " އޭ އީމާންވީ މީހުންނޭވޭ! ފިރިހެނުންގެ އެއްބައަކު އަނެއްބައަކަށް ފުރައްސާރަ ނުކުރާ ހުށިކަމެވެ. އެފުރައްސާރަކުރި މީހުންނަށްވުރެ ފުރއްސާރަކުރެވުނު މީހުން (މާތް ﷲ ގެ ޙަޟްރަތުގައި ) މާ ހެޔޮކަންބޮޑު ބަޔަކު ކަމުގައިވެސް ވެދާނެއެވެ. އަދި އަންހެނުންގެ އެއްބައަކު އަނެއްބަޔަކަށް ފުރައްސާރަނުކުރާ ހުށިކަމެވެ. އެފުރައްސާރަކުރި މީހުނަށްވުރެ އެފުރައްސާރަކުރެވުނުމީހުން ( މާތް ﷲގެ ޙަޟްރަތުގައި ) މާހެޔޮކަންބޮޑު ބައަކު ކަމުގައިވެސް ވެދާނެއެވެ. އަދި ތިޔަބައިމީހުން އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ. ( ޔަޢުނީ އެއްބަޔަކު އނެއްބަޔަކަށް ޢައިބު ނުކިޔާށެވެ ) އަދި އެއްބައަކު އަނެއްބައަކަށް ނުރުހޭ ކަހަލަ ލަޤަބުތަކުން ނުގޮވާށެވެ! އީމާންވުމަށްފަހު މިނަންގަނެވުނުކަންތައް ކުރުމުން ފާސިޤު ވުމަކީ ނުބައިކަން ބޮޑުވެގެންވާ ކަމެކެވެ. އެކަންތަކުން ތައުބާނުވި މީހުންނަކީ (އަމިއްލަ ނަފްސަށް ) އަނިޔާ ކުރާ މީހުންނެވެ. "

والله أعلم

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.