ސުފުރާ

ފުފޫ ކަނދި

ބޭނުންވާނެ ތަކެތި
- 2 ޖޯޑުގެ ފުފޫ (ކޮށާފައި)
- 175ގ ހަކުރު
- 3 އިންޗި ރާނބާ ފަތް
- 6 ކާފޫރު ތޮޅި
- 2 އިންޗި ފޮނިތޮށި
- 2 މޒ ސަމުސާގެ ކޯން ފްލަރ
- 1/2 2 ޖޯޑު ފެން
- 100 އެމްއެލް ކާށިކިރު
- 2 މޒ ސަމުސާ ފިނިފެންމާ ފެން

ތައްޔާރުކުރާނެ ގޮތް

ކުޑަ ތެއްޔެއްގައި ފެންހޫނު ކުރުމަށްފަހު، ހޫނުކުރި ފެނުގެ ތެރެއަށް ކޮށާފައިހުރި ފުފޫ އަޅައި 2 މިނެޓް ވަންދެން ކައްކާށެވެ. މިގޮތަށް ހެދުމުން ފުފުލުގެ ހިތިރަހަ ކެނޑިގެންދާނެއެވެ. 2 މިނެޓްވުމުން ފުރޭނިއަކުން ފުރާނާލާފަ ފުފޫކޮޅު ވަކިން ބަހައްޓާށެވެ.

ތެއްޔަކަށް 1/2 2 ޖޯޑުގެ ފެން، ފޮނިތޮށި، ކާފޫރު ތޮޅި އަދި ހަކުރުގެ އެއްބައި އަޅައި ފެންގަނޑު ކެކި ހަކުރުތައް ގިރެންދެން ހަލުވަމުން ހޫނުކުރާށެވެ. އެއަށްފަހު 1/4 ޖޯޑުގެ ފެން ތެލިން ނެގުމަށްފަހު ފުފޫކޮޅު ތެލީގެ ތެރެއަށް އަޅާ 5 - 10 މިނެޓާއި ދެމެދު ކައްކާށެވެ.

ތެލިން ނެގި 1/4 ޖޯޑު ފެނުގެ ތެރެއަށް ކޯން ފްލަރ އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހުގައި 10 މިނެޓްވުމުން ކައްކަމުންދިޔަ ތެލީގެ ތެރެއަށް ކޯން ޕްލަރ އަޅައި ބާކީހުރި ހަކުރުން ފޮނި ރަހަ ހެޔޮވަރުކުރަމުން 2 މިނެޓް ވަންދެން ކައްކާށެވެ. އެއަށްފަހު ކާށިކިރު އަޅައި 1 މިނެޓް ވަންދެން ކެއްކުމަށްފަހު ފިނިފެންމާފެން އަޅައި ހަލުވާލުމަށްފަހު އުނދުން ނިއްވާލާށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ސުފުރާ