ބޭނުންވާނެ ތަކެތި
1 ދަޅު ގެރިކިރު
3 ބިސް
1 ސައިސަމުސާ ބޭކިން ޕައުޑަރ
3/4 ޖޯޑު ފުށް
50ގ މާޖިރީން ނުވަތަ ބަޓަރ
1 މޒ ސަމުސާގެ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް
މާޖިރީންގެ ތެރެއަށް ބިސް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ގެރިކިރާއި އެސެންސް އަޅައި ގިރާލުމަށްފަހު ފުށާއި ބޭކިން ޕައުޑަރ އެޅުމަށްފަހު ހުރިހާ އެއްޗެއް އެއްވަންދެން ގިރާލާށެވެ. އަވަން 180 ޑިގްރީއަށް ހޫނުކުރުމަށްފަހު ޓްރޭގައި މާޖިރީން ހާކާފައި ޓްރޭއަށް ފުށްގަނޑު އަޅާފައި 45 މިނެޓް ވަންދެން އަވަނުން ފިހެލަށެވެ.
ޚިޔާލު