ބޭނުންވާނެ ތަކެތި
150ގ ވަޅޯ މަސް (ކުދިކޮށް ކޮށާފައި)
1/4 ޖޯޑުގެ ގާނާފަހުރި ހުނި
2 މޒ ސަމުސާގެ އަސޭމިރުސް (މުގުރާފައި)
1 ޖޯޑު ހަނޑޫ (ފެނަށްލައިގެން މަޑުކޮށްފައިހުރި)
1 ގިތެޔޮ މިރުސް
1 މޒ ސަމުސާގެ ހިކިމިރުސް (މުގުރާފައި)
2 ފިޔާ (ކޮށާފައި)
1 ޖޯޑުގެ މުރަނގަފަތް
4 ބިސް
1/2 ޖޯޑުގެ ރިހާކުރު
1 ލުނބޯގެ ހުތް
2 މޒ ސަމުސާގެ ފުށް
1/2 ޖޯޑުގެ ފެން
ރަހަލާވަރަށް ލޮނު
1 އިންޗި އިނގުރު (ގާނާފައި)
ތައްޔާރުކުރާނެ ގޮތް
ހަނޑުލާއި ފެނާއި ހުނި މިކްސަރަށްއަޅައި ރަނގަޅަށް މުރުރާލާށެވެ. އެއަށްފަހުގައި ފިޔާ، މިރުސް، ވަޅޯމަސް، އިނގުރު، މުގުރި މިރުސް، އަސޭމިރުސް، ރިހާކުރު އަދި ލުނބޯ ޖަހައިގެން ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހުގައި ކުރިން މުގުރި ހަނޑުލާއި ހުނި އަޅައި ރަނގަޅަށް ލޮނު ހެޔޮވަރު ކުރުމަށްފަހު މުރަނގަފަތް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހުގައި ފުށާއި ބިސް އެޅުމަށްފަހު ރަނގަޅަށް ފުށްގަނޑު ގިރާލާށެވެ.
ތަވައެއްގައި ތެޔޮ ފޮދެއް ހޭކުމަށްފަހު ރަނގަޅަށް ތަވާ ދޮންވުމުން އުނދުޅިއަކުން ގިރާފައިހުރި ފުށްގަނޑުން ބައެއްނަގައި ރަނގަޅަށް ތަވާމަތީގައި ފަތުރާލާށެވެ. ފޮޅީގެ ދަށް ފިހެވުމުން ދޭފަތަކުން ފަތްޖަހަލާށެވެ.

















ޚިޔާލު