ވާހަކަދިއިސްލާމް

ޢިލްމު ވެރިން: 1 (ޢަބްދުﷲ އިބްން ޢައްބާސް)

 

ޢުމަރު ބުނުލް ޚައްތާބުގެ ޢަމީރު ކަމުގައި އެކަލޭގެފާނުން ނާއި ވަރަށް ގާތް ކަމެއް ވެރިކަމުގެ ގަނޑުވަރު ތެރޭގައި ޢަބްދުﷲ އިބްން ޢައްބާސް އާއި އޮވެ އެވެ. އޭރު ޢަބްދުﷲ ގެފާނުން ވަރަށް ކުޑަ އެވެ. މިކަމާއި ބަ އެއް ބެއިކަލުން ޝަކުވާ ފަދަ ވާހަކަތަކެއް ދެއްކި އެވެ. އެއީ އެބެއިކަލުންގެ ޢިލްމު ވެރިކަން އިސްވެފައި އެބެއި ކަލުންގެ ދަރިންގެ ޢިލްމް ވެރިކަން ވެސް އެ ކުޑަ ކުޑަ ޢައްބާސް ގެފާނުން ނަށް ވުރެން ބޮޑުވާނެ ކަމަށް ބުނެ ކުރާ ޝަކުވާ އެވެ.

މިކަން ޢަމީރު ޢުމަރުގެފާނުން ނަށް އިނގި ވަޑައިގަތުމުން ޢަބްދުﷲ އިބްން ޢައްބާސް ގަނޑުވަރަށް އެ ބެއިކަލުންގެ ތެރޭގައި އިންނަވާފައި ގެންނެވުމަށް އަމުރު ކުރެއްވެވި އެވެ. ޢައްބާސް ގެފާނުން ވަޑައިގަތުމުން އެކަލޭގެފާނުން ޢައްބާސް ގެފާނުން ގެ ހާޒިރުގައި އެތާ ތިއްބެވި ބެއިކަލުން ކުރެ އިޒާ ޖާއަ ނަސްރުﷲ މިސޫރަތުން ދޭހަވަނީ ކޮން ކަމެއް ހެއްޔޭ ވިދާޅުވެ ސުވާލެއް ކުރެއްވެވި އެވެ.

ކޮންމެ ބެއިކަލަކު ވެސް އޭގެ ޝަރަޙައިގެ މާނަ ފިޔަވައި އިތުރު އެއްޗެއް އިނގު ވަޑައެއް ނުގަތެވެ. ދެން ކޮން އިތުރު އެއްޗެއްތޯ ވަނީ ސުވާލު ކުރާ ޙާލު ތިއްބެވި އެވެ. ދެން ޢުމަރުގެފާނުން އިބްން ޢައްބާސް ގެ އަރިހުން އެ ސުވާލު ދެންނެވުމުން ޖަވާބު ދެއްވެވި އެވެ. "އެ ސޫރަތުން ދޭހަވާ ކަމަކީ ރަސޫލުﷲ ގެފާނުން ސުވަރުގެ ވަޑައިގަތުން ގާތް ވެއްޖެ ކަމެވެ" މިފަދައިން ވިދާޅުވެ ޖަވާބު ދެއްވެވި އެވެ.

ދެން އެ ބެއިކަލުންނާއި ދިމާ އަށް ބައްލަވައު ޢުމަރުގެފާނުން ވިދާޅުވި އެވެ. މި ސަބަބަށްޓަކައި ތިމަން މި ކުޑަ ކުޑަ އަޚާ އެހެން ކުޑަކުދިން ނާއި ތަފާތު ކޮށް ގާތް ކޮށް އުޅުއްވަނީ އެވެ. އެ ކުއްޖާގެ ޢިލްމް ވެރި ކަމަށްޓަކައެވެ.

މި އީ އެބެއި ކަލަކަށް ރަސޫލުﷲ ގެފާނުން ޢިލްމް ދެއްވުމަށް އެދި ދުޢާ ދެންނެވި ކުޑަ ކުއްޖާއެވެ. މި އީ އެބެއިކަލެއްގެ ޢިލްމު ވެރިކަމާއި މެދު އުންމަތް ފަޚުރުވެރި ވާ އެންމެ ބޮޑު އެއް ޢިލްމު ވެރިޔާއެވެ. ޢިލްމުގެ ކަނޑެވެ. މި ބެއިކަލަކު ﷲ ގަންދީ މިޔުޒިކް އަކީ ޙަރާމް އެއްޗެކޭ ވިދާޅު ވީމައި ބަ އެއް މީހުން އެ ވާނެހޭ ވަޙީ އަކަށް ބުނީމައި އެ ޤަބޫލު ކުރަން ހެޔޮވާނީ ކޮން ގޮތަކުން ތޯ އެވެ؟ ﷲ ގަންދީ ވިދާޅު ވާނީ ހާދަ ބޮޑަކަށް އެކަން އިނގިލައްވާތީ އެވެ. އެއީ ކަލާނގެ ރަސްކަންފުޅު ގަންދީ ހުވާ ކުރުމަކީ ބޮޑު ބޮޑު ކަމެއްކަން އޭރުގެ އެ ގަބިޔާ ޤުރައިޝުންނަށްވެސް އެނގެ އެވެ. މިހާރު...... މާ ގަބިޔާކަން ބޮޑީ ތޯއްޗެކެވެ. ވަﷲ އަޢުލަމް.

ގުޅުންހުރި

1 ޚިޔާލު

  1. މިއުޅޭ ޑރ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާމުން އެއީ ހަމަފައްކާ ރޯނުއެނދުރެއް ކުރިން ރެއެއްގައި ދިއެފް އެމުގައި އިނދެގެން ވިދާނަގާތި އަޑުއެހިން ސަމުސަލުން ކަންޏާމުން ރަނގަޅުވާނޯ ދުރުން ކެޔަސް މިހިރީ މީނާގެ ހުންނަ ޖާހިލުކަން ހުންނަވަރު. ދިއެފްއެމާއި ދިޓީވީއާއި ވިލާޓީވީން ތިހިންގާ މަގުފުރެއްދުމުގެ ކަންތަ ވަގުތުން ހުއްޓާލުމަށް ހަރުއަޑު ގޮވާލަން އިސްލާމީ މިނިސްޓުރީއަކަށް މިކަން ނުވޭ ބޮޑުކަމަކަށް އެހެނުން ވާނީ ދޯ ހިސާބަށް ވުރެނަ އަމިއްލަ އެދުން ބޮޑުވިމަ.

Your email address will not be published. Required fields are marked *

More in ވާހަކަ