ވެސްޓްބޭންކްގެ ހިބްރުންގައި ވާ ފަލަސްޡީން މުސްލިމުންގެ އިބްރާހިމީ މިސްކިތް އިސްރާއިލްގެ ސިފައިން ބަންދު ކޮށްފިއެވެ.
އިއްޔެގެ ވަގުތެއްގައި ބަންދު ކުރި މި މިސްކިތައް މީހާރު ވަދެވެނީ ގަދަކަމުން ފަލަސްޡީނުގެ ބިންތަކުގައި އާބާދުވެގެން އުޅޭ އިސްރާއިލްގެ ޔަހޫދީ ކަމުގައި ވަނީ ހަމަޖައްސާފައެވެ.
ހިބުރޫންގެ ކަންތައްތައް ބެލެހެއްޓެވުމާއި ހަވާލުވެގެން ހުންނަ ޑިރެކްޓަރ ޒައިދް އަލް ޖަބަރި މަޢުލޫމާތު ދިން ގޮތުގައި އިސްރާއީލްގެ އަސްކަރިޔާގެ ސިފައިން އިއްޔެގެ ފަތިސް ނާމާދު ވަގުތު މުސްލިމުން ނަށް ނުވަދޭވޭ ގޮތަށް މިސްކިތް ބަންދު ކޮށްފި ވާކަމަށެވެ. އަދި މިސްކިތުގެ ހަރިއްމަޔާއި ގޯތިތެރެވަނީ ޔަހޫދީން ނަށް ޢާއްމު ކޮށް ވަދެވޭ ގޮތަށް ހުޅުވާލާފައެވެ. އަދި ޔަހޫދީން ދަނީ އިބްރާހިމީ މިސްކިތުގެ ތެރޭގައި އެމީހުން ފާހަގަ ކުރާ ޔޮމް ކިއްޕުރ ދުވަސް ފާހަގަ ކުރަމުންނެވެ. މިއީ އެމީހުން ތަޢުބާވުމުގެ ނަމުގައި ފާހަގަ ކުރާ ދުވަހެކެވެ.
އިސްރާއިލްގެ އަސްކަރިޔާއިން ވަނީ މިސްކިތުގެ އިމާމް ބަންގި ގޮވަން ވަނަނުދީ ހިފަހައްޓާފައެވެ. އަދި ނަމާދަށް ދާ މީހުންނަށް ވެސް ހުރަސް އަޅާ ފޮނުވާލާފައެވެ. ޔަހޫދީން މިހިންގާ ހަރަކާތަކީ މިމަހުގެ 8 ވަނަ ދުވަހާ ހަމަ އަށް ހިންގޭ ޙަރަކާތެއްކަމުގައި ބައެއް ޙަބަރު ފަތުރާ މީޑިޔާތަކުގައި ހާމަ ކުރެއެވެ.

















advertisment
ޚިޔާލު