ދުނިޔެ

އިސްރާއިލުން ޣައްޒާގެ އުތުރު ސަރަހައްދު އިސްތިޢުމާރުކުރަނީ، ފަލަސްޠީނުގެ ރައްޔިތުން އެސަރަހައްދުން ބޭރުކުރަނީ

ފަލަސްޠީނުގެ ޣައްޒާގެ އުތުރުގެ ސަރަޙައްދުތައް އިސްތިޢުމާރު ކުރުމުގެ ގޮތުން ޔަހޫދީން އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާއެކު ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެވެ.

ޔަހޫދީ ފައުޖުގެ ފަރާތުން މަޢުލޫމާތު ދެމުން ބުނެފައިވަނީ ޣައްޒާ ސިޓީގައި ދިރިއުޅޭ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، އެ މީހުން ޣައްޒާގެ ދެކުނުގައި އޮތް ސަރަޙައްދުތަކަށް ބަދަލު ކުރުމުގެ ގޮތުން ފޭލިގެ ފަދަ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 2.2 މިލިޔަނެއްހާ މީހުން ދިރިއުޅޭ ޣައްޒާގެ ބައެއް ރަށްތައް އިސްތިޢުމާރު ކުރުމަށް ޔަހޫދީން ނިންމުމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފާޑުކިޔުން އިތުރުވެފައިވެއެވެ.

އެކުވެރި ދައުލަތްތަކުގެ އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އިދާރާއިން ވަނީ މި ކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. "އދއާއި އދގެ ބައިވެރިން މި ފުރުޞަތުގެ ބޭނުން ހިފާނެ،" އިންސާނީ ޙައްޤުތަކާ ބެހޭ އދގެ އިދާރާގެ ތަރުޖަމާނު ބުނެފައިވެއެވެ.

ޣައްޒާ ސިޓީގައި މިވަގުތު މިލިޔަނެއްހާ މީހުން ދިރިއުޅެމުންދާއިރު، އެ މީހުން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ޣައްޒާގެ ދެކުނުގެ ކޮން ސަރަޙައްދަކަށްކަން ޔަހޫދީން ސާފުކޮށްދީފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި، އެއީ ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ރަފަޙެވެ.

މި ލާއިންސާނީ ޖަރީމާއާ ގުޅިގެން އިސްލާމިކް ޖިހާދުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޣައިރުޤާނޫނީ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. ނަމަވެސް މިފަދަ ކަންބޮޑުވުންތަކަށް ބެލުމެއްނެތި ޔަހޫދީން ވަނީ އެމީހުންގެ އަނިޔާވެރި ޢަމަލުތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ