ރާއްޖޭގެ ޚަބަރު ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާންމަށް ވާގިވެރިވަނީ އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ ޤައުމުތަކުން: ޚާރިޖީ ވަޒީރު

ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާންމަށް ވާގިވެރިވަނީ އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ ޤައުމުތަކުން: ޚާރިޖީ ވަޒީރު

ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާންމަށް ވާގިވެރިވަނީ އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ ޤައުމުތަކުން: ޚާރިޖީ ވަޒީރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެފައިވަނީ، ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާންމަށް ވާގިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންދަނީ، އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާކަމަށް ދަޢުވާކުރާ އަދި އެނިޒާމު ޤާއިމުކުރި ޤައުމުތަކުންކަމަށެވެ.

ވަޒީރުގެ ތަޤުރީރުގައި ފާހަގަކުރެއްވި ގޮތުގައި، ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ ޤަތުލްޢާންމަށް ވާގިވެރިވެދީ، ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމުތަކުން މިކަން ނުފެންނަކަމަށް ހަދައިގެން ތިބި ތިބުމަކީ މިޤަރުނުގެ އެންމެ ބޮޑު ލަދުވެތިކަމެވެ.

"ފަލަސްޠީނުގައި އިޒްރޭލުން ހިންގާ ނަސްލު ނައްތާލުމުގެ ޢަމަލުތަކަށް ވާގިދެނީ ބައިނަލްއަޤުވާމީ އިންސާފުގެ ނިޒާމު ބިނާކުރި ޤައުމުތަކުން. ޤަރުނުގެ އެންމެ ބޮޑު ލަދު، އެއީ ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުޢާމު ނުފެނި ތިބި ތިބުން،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަޤުވާމީ އިންސާފާއި އަދާލަތުގެ ކުރިމައްޗަށް އިސްރާއީލު ގެނައުމުގައި އދ.އާއި ދުނިޔޭގެ ބާރުތައް ނުކުޅެދިފައިވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަމަތައް ތަންފީޒުކުރުމުގައި ޤައުމުތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން، މުޅި ނިޒާމަށް ޤައުމުތަކުން ކުރާ އިތުބާރު ގެއްލުމުގެ ބިރު ބޮޑުވެފައިވެއެވެ.

މި ބައްދަލުވުމުގައި ވަޒީރު ތިމާވެށީގެ ދާއިރާއަށްވެސް އަލިއަޅުއްވާލައްވައި، ދުނިޔޭގެ ބޮޑެތި ބާރުތަކުން ތިމާވެއްޓަށް ދެމުންދާ ގެއްލުންތަކުގެ ޒިންމާ ނުނަގާއިރު، އޭގެ ބުރަ އުފުލަންޖެހެނީ ކުދި ޖަޒީރާ ޤައުމުތަކުންކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑު ބަދަލުކޮށް، ވީޓޯ ކުރުމުގެ ބާރު ވަކި ޤައުމުތަކަށް އޮންނަ ނިޒާމު އުވާލުމަށް ގޮވާލާފައެވެ.

ޓެގް

ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޚަލީލް ފަލަސްޠީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.