ރާއްޖޭގެ ޚަބަރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ "މީޑިއާ މައުރަޒު 2025" ފަށައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ "މީޑިއާ މައުރަޒު 2025" ފަށައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ "މީޑިއާ މައުރަޒު 2025" ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ "މީޑިއާ މައުރަޒު 2025" ރަސްމީކޮށް ފަށައިފިއެވެ.

މި މައުރަޒު ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން އިސްވެ ހުރެ، ވުޒާރާގެ ހުރިހާ ސެކްޝަންތަކަކާ ގުޅިގެން ބާއްވާ މި މައުރަޒުގެ މައިގަނޑު ބޭނުމަކީ، ވުޒާރާއިން ހާސިލްކޮށްފައިވާ ކާމިޔާބީތަކާއި، ކުރެވުނު މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުމެވެ. މިއީ މިފަދަ ދެވަނަ މައުރަޒެވެ.

މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެ ވުޒާރާއިން ގިނަ ކަންތައްތަކެއް ކޮށްފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ، ކުރާ މަސައްކަތްތަކަކީ މުޖްތަމައުއަށް ފެނި، ފޯރަންޖެހޭނެ ކަންތައްތަކެއްކަމަށާއި، މީޑިއާ މައުރަޒުގެ ބޭނުމަކީ ވެސް އެއީކަމަށެވެ.

"މިނިސްޓްރީގެ މަސައްކަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަކީ ހަޤީގަތުގައިވެސް ވަރަށް މުހިންމު ކަމެއް. ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މި ވުޒާރާއިން ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ހިދާޔަތާއި އިސްލާމީ ނޫރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮއްފައި." ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

މި މައުރަޒުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ 9 ސެކްޝަންއަކުން ފާއިތުވި 2 އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތައް ދައްކާލާފައިވެއެވެ. މި މައުރަޒު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މައުރަޒު ހުޅުވާފައި ހުންނާނީ ހުކުރު ދުވަހުގެ ހަވީރު 4 އިން ހަވީރު 6 އަކަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10 އަކުން ހަވީރު 6 އަކަށެވެ.

މީގެ އިތުރުން، މި މައުރަޒުގެ ތެރެއިން ޒުވާން ޚަތީބުންގެ 5 ވަނަ ބުރަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ބުރު އޮންނާނީ އަންނަ އަހަރުއެވެ. އަދި މައުރަޒަށް ވަޑައިގަންނަވާ ފަރާތްތަކަށް ޝެއިހުންނާއި ވަގުތުން ސުވާލުކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. 2024 ވަނަ އަހަރު ބޭއްވި މިފަދަ މައުރަޒަކަށްވެސް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ޓެގް

މީޑިއާ މައުރަޒު 2025 އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.