ދުނިޔެ

ސާފުތާހިރުކަން އިސްކޮށް، އިޖްތިމާއީ ގައިދުރުކަން އިސްކުރަށްވާ: މުފްތީ މެންކް

ސާފުތާހިރުކަން އިސްކޮށް، އިޖްތިމާއީ ގައިދުރުކަން އިސްކުރުމަށް މަޝްހޫރު ދީނީ ޢިލްމް ވެރިޔާ މުފްތީ އިސްމާއިލް މެކް ނަސޭހަތްތެެރިވެ ވަޑައިގެންފިއެވެ.

މީސް މީޑިއާ މެދުވެރި ކުރަށްވާ ޢިލްމީ ގިނަ މައުލޫމާތުތައް ގެނެސް ސެއްވާ ސެއިޚް، މުފްތީ މެންކް ވިދާޅުވީ ސާފްތާހިރު ކޮށް އުޅުމަށާއި އިޖްތިމާއީ ގައިދުރުން  އިސްކުރުމަށެވެ. މިވަގުތަކީ ރަނގަޅު އަމަލު ކުރުން ގިނަކުރަންޖެހޭ ވަގުތެއްކަމަށް މުފްތީ މެންކް ވަނީ ވިދާޅުވެފައެވެ.

ދުވަހަކަށް ވުރެން ދުވަހެއް ބަލިޖެހޭ މީހުން އަންނަނީ އިތުރު ވަމުންނެވެ. ބަލިފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުތަކުން ދަނީ ގިނަގުނަ ފިޔަވަޅު ތަކެއް އަޅުއްވަމުންނެވެ. އެހެންކަމުން ފަރުދީ ގޮތުން އަޅުގަނޑުމެނަށް ކުރެވެން ހުރިކަމެއް ކުރަންޖެހެއެވެ. ހެއްދެވި ފަރާތާ ގާތްކޮށްދޭނަމަ ކޮވިޑް-19 އަކީ ރަހުމަތަކަށް ވެސް ވެދާނެއެވެ. ވަކި ގޮތަކަށް ނިންމުމުގެ ހައްގުވަނީ އަހަރެމެންގެ ކިބައިގައެވެ.

މުފްތީ މެންކް ވިދާޅުވިއެވެ.

އިތުރަށް މުފްތީ މެކް ވިދާޅުވެފައިވާ އަގު ހުރި ބަސްތަކުގެ ތެރޭގައި ވިދާޅުވެފައި ވަނީ އަހަރެމެން ކުރިމަތިލަމުން މިދަނީ އިމްތިހާނުގެ ވަގުތު ތަކަކާކަމަށެވެ. ދުނިޔެވީ މިހަޔާތުގެ ދުވަސްތަކުގެ ވަގުތުތައް ހޭދަކުރާނެ ގޮތްތައްރޭވުމުގައި ދުވަސްތައް ހޭދަކޮށްލަނީ އަޖައިބުކުރުވަނިވި ގޮތަކަށް ނޫންތޯއެވެ؟

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންވަނީ މުޅި އަހަރު ދުވަހުގެ ޕްލޭން ރާވާ ނިންމާލާފައެވެ. ނަމަވެސް އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި މާތްރަސްކަނލާގެ ވަނީ އެކަލާނގެ ބާރުފުޅު ދުނިޔޭގައިވާ އެއްވެސް އެއްޗަކާއި އެއްވެސް މީހަކަށް ވުރެން ގަދަކަން ދައްކުވައިދީފައެވެ. ރޭވިފައިވާ ރޭވުންތައް މިވަނީ ކެންސަލްކޮށް ނުވަތަ ބަދަލުކުރަން މަޖުބޫރު ވެފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ