ދުނިޔެ އިސްރާއީލު ސިފައިން ނާބުލުސްއަށް އަރައި، ގިނަ އަދަދެއްގެ ފަލަސްތީން ރައްޔިތުން ޒަޚަމްކޮށްލައިފި

އިސްރާއީލު ސިފައިން ނާބުލުސްއަށް އަރައި، ގިނަ އަދަދެއްގެ ފަލަސްތީން ރައްޔިތުން ޒަޚަމްކޮށްލައިފި

އިސްރާއީލު ސިފައިން ނާބުލުސްއަށް އަރައި، ގިނަ އަދަދެއްގެ ފަލަސްތީން ރައްޔިތުން ޒަޚަމްކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްރާއީލުގެ ބާރުތަކުން  ފަލަސްތީނުގެ ނާބުލުސް ސިޓީއަށް އަރައި ދިން ހަމަލާތަކެއްގައި 80 އަށްވުރެ ގިނަ ފަލަސްޠީން މީހުން ޒަޚަމްކޮށްލައިފިއެވެ.

މީގެ ތެރޭގައި މީހުންގެ ގަޔަށް ސީދާ އަމާޒުކޮށް ބަޑިޖެހުމުގެ ސަބަބުން ޒަޚަމްވިމީހުންވެސް ހިމެނެއެވެ.

ފަލަސްތީން ރެޑް ކްރެސެންޓުން މައުލޫމާތު ދިންގޮތުގައި، އެ ޖަމްއިއްޔާއިން 36 މީހުންނަށް ފަރުވާ ދީފައިވެއެވެ. މީގެ ތެރޭގައި ކަރުނަ ގޭހުގެ އަސަރުކުރި މީހުންވެސް ހިމެނެއެވެ. މި ހަމަލާތައް ދޭން ފަށައިފައިވަނީބުދަ ދުވަހުގެ ފަތިހު 3 ގައެވެ.

ނާބުލުސްގެ ގަވަރުނަރު ޣައްސާން ދަޣްލަސް ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަންގައި 2،000 އަށްވުރެ ގިނަ އިސްރާއީލް ސިފައިން ބައިވެރިވިއެވެ. އޭނާ މި އޮޕަރޭޝަނަށް ސިފަކުރެއްވީ "އެއްވެސް ސަބަބެއްނެތި ދައްކާލި ބާރުގެ ދެއްކުމެއް" ގެ ގޮތުގައެވެ.

އޮކްޓޯބަރު 2023 ގައި އިސްރާއީލުން ޣައްޒާއަށް ހަނގުރާމަ އިއުލާންކުރި ފަހުން، ހުޅަނގުއައްސޭރީގައި އިސްރާއީލް ސިފައިންނާއި ކޮލޮނިސްޓުންގެ އަނިޔާވެރިކަން އިތުރުވެފައިވެއެވެ. އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނަރުގެ އޮފީހުން ބުނާ ގޮތުގައި، އެ ދުވަސްވަރުން ފެށިގެން މިހާތަނަށް މަދުވެގެން 982 ފަލަސްތީން ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. މީގެ ތެރޭގައި ސަތޭކަ އަކަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.

އިސްރާއީލު ސިފައިން އިއްޔެ ރާމަﷲ އާއި އަލް-ބީރާގައިވެސް ވަނީ ހަމަލާއެއް ދީފައެވެ. މި ހަމަލާގައި 58 ފަލަސްތީން ރައްޔިތުން ޒަޚަމްވިކަމަށް ފަލަސްތީން ރެޑް ކްރެސެންޓުން ބުނެއެވެ. މީގެ ތެރޭގައި ކުޑަ ކުއްޖަކު ހިމެނެއެވެ. މި ހަމަލާގައި އިސްރާއީލު ފުލުހުން ބުނާ ގޮތުގައި، ފައިސާ ބަދަލުކުރާ މަރުކަޒުތަކުން 1.5 މިލިއަން ޝެކެލް (447،000 ޑޮލަރު) އަތުލައިގަނެފައިވެއެވެ.

ޓެގް

އިސްރާއިލް ފަލަސްޠީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.