ބަނޑުހައިހޫނުކަމާއި ފެނުގެ ޒަރީއާއިން ފެތުރޭ ބަލިތަކުގެ ސަބަބުން ސޯމާލިޔާގެ ހުޅަނގު ދެކުނު ސަރަހައްދުން 48 ގަޑިއިރުތެރޭ 110 މީހުން މަރުވެފައިވާކަމަށް އެޤައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.
ހޮނިހިރުދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްވަމުން ސޯމާލިޔާގެ ބޮޑުވަޒީރު ހަސަން އަލީ ޚައިރީ ވިދާޅުވީ ބަނޑުހައިހޫނުކަމާއި ކޮލެރާފަދަ ފެނުގެ ޒަރީއާއިން ފެތުރޭ ބަލިތަކުގެ ސަބަބުން ސޯމާލިޔާގެ ހުޅަނގު ދެކުނު ސަރަހައްދުން 48 ގަޑިއިރުތެރޭ 110 މީހުން މަރުވެފައިވާކަމަށާއި މަރުވި މީހުންގެތެރޭ ގިނައީ ކުޑަކުދިންކަމަށެވެ.
ބަނޑުހައިހޫނުކަމުގެ ސަބަބުން ސޯމާލިޔާއިން ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާއިރު، ސޯމާލިޔާގެ އިތުރުން ޔަމަން، ދެކުނު ސޫދާން އަދި ނައިޖީރިއާގެ އިރުއުތުރު ސަރަހައްދުގެ 20 މިލިއަނެއްހާ ރައްޔިތުންވަނީ ބަނޑުހައިހޫނުކަން ތަހައްމަލުކުރަން ޖެހިފައެވެ.

















advertisment
ޚިޔާލު