އަރަބިދުނިޔެދިއިސްލާމް

ބައިނަލް އަޤުވާމީ ދެވަނަ ޤުރުއާން ކޮންފަރެންސް ފަށައިފި

ބަހްރެއިންގެ ރަސްގެފާނު ހަމަދު ބިން އިސަ އަލް ހަލީފާގެ ސަރުކާރުގެ ޙަރަދުގައި ބައިނަލް އަޤުވާމީ ދެވަނެ ޤުރުއާން ކޮންފަރެންސް ފަށައިފިއެވެ. ކޮންފަރެންސް ހިންގުމުގައި ބައިވެރިވަނީ އެޤައުމުގެ އިސްލާމިކް އެފެއާރސް އާއި ޖަސްޓިސް، އެންޑޯމެންޓް މިނިސްޓްރީ އަދި ކީރިތި ޤުރުއާން ހިތުދަސްކުރުމާއި ބެހޭ މަރުކަޒުންނެވެ.
މިރަސްމިޔާތު ހުޅުވުގެ ހަފްލާގައި ވަހަކަ ދައްކަވަމުން ރަސްގެފާން ވަނީ ބަހްރައިން ކީރިތި ޤުރުއާން މީހުންނަށް އުގައްނައި ދިނުމައި ހިތުދަސްކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާކަމަށައި އަދި މިއީ ވަރަށް މުހިއްމު އަހައްމިޔަތު ކަމެއް ދީގެން ކުރިއަށްދާކަމެއްކަމަށެވެ. އަދި ރަސްގެފާނުވަނީ ވަނީ މިކަމުގައި ބަހްރައިން ދުނިޔޭގައި ނަމޫނާ ޤައުމަކަށް ވުމަށް ބަހްރައިން ސަރުކާރަށް ގޮވާލާފައެވެ.

މިރަސްމިޔާތުގައި ވަނީ ވަރަށް ގިނަ ބޭފުޅުން ވާހަކަ ދައްކަވާފައެވެ. އެގެތެރޭގައި އިސްލާމިކް ވޯލްޑް ލީގްގެ ސެކެޓްރީ ޒެނަރަލް އަދި ބައިނަލް އަޤުވާމީ ޤުރުއާން ހިތުދަސްކުރުމުގެ މަރުކަޒުގެ ފަރާތުން ޑޮކްޓަރު އަބްދުލް ބިން އަބްދުލްމޮހަސިން އަލް ތުރުކި ހިމެނެއެވެ. ހުރިހާ ބޭފުޅުން ވެސް ވަނީ ކީރިތި ޤުރުއާންއުގައްނައި ދިނުމަށް އިތުރަށް މަސައްކަތް ތަށް ކުރާނެކަށް ޔަޤީންކަންދެއްވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *