ޣައްޒާގެ ހަނގުރާމައިގައި މަރުވި މީހުންގެ ޢަދަދު 61000 އަށް އަރައިފި

ޣައްޒާގެ ހަނގުރާމައިގައި މަރުވި މީހުންގެ ޢަދަދު 61000 އަށް އަރައިފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

2023 އޮކްޓޯބަރ މަހުން ފެށިގެން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދުކުރުމުގެ ޖަރީމާތަކުގައި މަދުވެގެން 61,020 ފަލަސްތީނު ރައްޔިތުން މަރުވެފައިވާކަމަށް ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ. މީގެ ތެރޭގައި ބަނޑުހައިހޫނުކަމުގައި މަރުވި 188 މީހުން ހިމެނެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 87 ހަށިގަނޑު ހޮސްޕިޓަލްތަކަށް ގެނެވިފައިވެއެވެ. މީގެ އިތުރުން 644 މީހުން ޒަޚަމްވެފައިވާއިރު މިއާއެކު އިޒްރޭލުގެ ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 150,671 އަށް އަރާފައިވެއެވެ.

މީގެ އިތުރުން އިއްޔެ 8 މީހުން ބަނޑަށްޖެހުމުގެ ސަބަބުން މަރުވެފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މިއާއެކު 2023 އޮކްޓޯބަރު މަހުއްސުރެ ޣައްޒާގައި ބަނޑަށްޖެހިގެން މަރުވި މީހުންގެ އަދަދު 188 އަށް އަރައިފައިވެއެވެ. މީގެ ތެރޭގައި 94 ކުޑަކުދިން ހިމެނެއެވެ.

މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ އިންސާނީ އެހީ ހޯދަން އުޅުމުގެ ތެރޭގައި ހަމައެކަނި އިއްޔެ 52 މީހަކު މަރާލާފައިވާ ކަމަށާއި، 352 މީހުން ޒަޚަމްވެފައިވެއެވެ. މިއާއެކު މެއި 27 އިން ފެށިގެން އިންސާނީ އެހީ ހޯދަން އުޅުމުގެ ތެރޭގައި މަރުވި މީހުންގެ ޢަދަދު 1568 އަށް އަރާފައިވާއިރު ޒަޚަމްވެފައިވާ މީހުންގެ ޖުމްލަ 11230 އަށް އިތުރުވެފައިވެއެވެ.

އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައަށް 2 އަހަރު ވާން ގާތް ވަމުން ދާއިރު، އިޒްރޭލުގެ ޖަރީމާތަށް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވަމުންދިޔަ ނަމަވެސް އިޒްރޭލުގެ ސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދަނީ ޙަމަލާތައް އިތުރަށް ވަރުގަދަކޮށް ޣައްޒާގެ ރައްޔިތުން އެބިމުން ބޭލުމަށެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.