އަރަބިދުނިޔެދުނިޔެ

ސޫދާންގައި 2 ބަސްޖެހި ހިނގި ހާދިސާއެއްގައި 33 މީހުން މަރުވެއްޖެ

sudan

ސޫދާނުގެ ވެރިރަށް ޚަރްތޫމްގައި 2 ބަސް ޖެހި ހިނގި ހާދިސާގައި 33 މީހުން މަރުވެ 24 މީހަކަށް އަނިޔާވެފައިވާކަމަށް ސޫދާނުގެ ފުލުހުން ހާމަކޮށްފިއެވެ.

ބުދަ ދުވަހު ހިނގި މި ނުރައްކާތެރި ހާދިސާ ހިނގައިފައިވަނީ ޚަރްތޫމްއާއި ވާދް މަދަނީއާއި ދޭތެރޭގައިވާ އަލް ކަމިލީން ނަމަކަށް ކިޔޭ އަވަށެއްގެ ކައިރީގައެވެ. އަދި ހާދިސާ ހިނގައިފައިވަނީ ބޮޑު ފަސިންޖަރ ބަހަކާއި ކުޑަ ބަހެއްޖެހުމުގެ ސަބަބުންނެވެ. މި ހާދިސާ ހިނގައިފައއިވަނީ ކުޑަ ބަސް، ފަސިންޖަރ ބަހަށްވުރެ ކުރިއަށް އެރުމަށް މަސައްކަތްކުރުމުގެ އުޅުމުގެ ތެރޭގައި ދެބަސް ޖެހިގެންކަމަށް ފުލުހުންގެ ބަޔާނުން ހާމަވެއެވެ.

މި އަހަރުގެ އޮކްޓޫބަރު މަހުގައިވެސް ފަސިންޖަރ ބަހެއްގެ ޓަޔަރު ފަޅައިގެންދިޔުމާއި ގުޅިގެން ކުޑަ ބަހެއްގައި ޖެހި ހިނގާދިޔަ މިފަދަ ނުރައްކާތެރި ހާދިސާއެއްގައި 13 މީހުން މަރުވެ 26 މީހުންނަށް އަނިޔާވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *