ކަނޑުމަގުން ދުނިޔޭގެ އެކިޤައުމުތަކަށް ތެޔޮ އެކްސްޕޯޓްކުރަމުންދާ ބޯޓުފަހަރުގެ 40 އިން ސައްތަ ހުރަސްކުރާ ޚުރުމޫޒްގެެ ކަނޑުއޮޅިކައިރިން އެމެރިކާގެ އަސްކަރީ މަނަވަރަކާއި ތެޔޮޓޭންކަރެއްޖެހި މުޑިއަރައިފިއެވެ.
"މިއެކްސިޑެންޓުގައި އެއްވެސް ބަޔަކަށް ހާނިއްކަވެފައެއްނުވޭ. މިއެކްސިޑެންޓުގެ ސަބަބުން ޚުރުމޫޒްގެ ކަނޑުއޮޅި ބަންދެއް ނުކުރޭ. އެތަނުގައި ހިނގަމުންދާ އެއްވެސް ވިޔަފާރިއަކަށް ބުރުލެއް ނާރާ،" އޮމާންގެ ކޯސްޓްގާޑްގެ އޮފިޝަލަކު ރޮއިޓަރސްއަށް މަޢުލޫމާތުދީފައިވެއެވެ.
އެމެރިކާގެ ފަސްވަނަ ފްލީޓުން ހާމަކުރިގޮތުގައި އާދިއްތަދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިނގި މިއެކްސިޑެންޓުގައި އެމެރިކާގެ އަސްކަރީ މަނަވަރު ޔޫއެސްއެސް ޕޯޓާއަށް މުޑިއަރާފައިވަނީ ޕަނަމާގެ ދިދަޖެހި ޖަޕާނުގެ ތެޔޮ ޓޭންކަރެކެވެ.
މިއެކްސިޑެންޓުގައި ޖަޕާނުގެ ތެޔޮޓޭންކަރަށް މާބޮޑުގެއްލުންތަކެއް ނުވާކަމަށާއި އޭގެ ދަތުރުގައި ކުރިއަށްގޮސްފައިވާއިރު އެމެރިކާގެ އަސްކަރީ މަނަވަރުވަނީ ލިބުނު ގެއްލުމުގެ ސަބަބުން ބަޙްރައިންގެ ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ބޭހުގައި ބަނދަރުކޮށްފައެވެ.
ޚުރުމޫޒްގެ ކަނޑުއޮޅި ކައިރިން ހިނގި މިއެކްސިޑެންޓު ހިނގަން މެދުވެރިވީ ކިހިނެއްކަމާއި އަދި މިއެކްސިޑެންޓުގައި އެމެރިކާގެ އަސްކަރީ މަނަވަރަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް އެމެރިކާއިން ހާމަކޮށްފައި ނުވާއިރު މިހާދިސާ މިހާރު ދަނީ ތަޙްޤީޤްކުރަމުންކަމުގައި އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ.
ރާނުން އެޤައުމުގެ ޔޫރޭނިއަން އުފެއްދުމުގެ ޕްރޮގްރާމް ހުއްޓާނުލައިފިނަމަ އެޤައުމުން ތެޔޮ އިމްޕޯޓްކުރުން ހުއްޓާލުމަށް ޔޫރަޕިއަން ޔޫނިއަނުން ގޮވާލާފައިވަނިކޮށް ޚުރުމޫޒްގެ ކަނޑުއޮޅި ބަންދުކުރާނެކަމަށް އީރާނުން ވަނީ އިންޒާރުދީފައެވެ. މިއަހަރުގެ ކުރީކޮޅުގައިވެސް އީރާނުން ވަނީ މިފަދަ އިންޒާރުތަކެއްދީފައެވެ. އިރާނުން ބުނާގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރާ ނަމަ ކަނޑުއޮޅި ބަންދުކުރަން އެމީހުން ފަސް ނުޖެހޭނެ ކަމަށެވެ. އެޤައުމުން ހާމަކުރާގޮތުގައި ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަކީ ފެން ތައްޓެއް ބޯލުމަށް ވުރެ ފަސޭހައިން އެމީހުންނަށް ކުރެވިދާނެ ކަމެއް ކަމަށެވެ.

















advertisment
ޚިޔާލު