އެމެރިކާދުނިޔެ

އެމެރިކާގެ ސިކުންގެ ފައްޅިއަކަށް ތުނބުޅި ބާލައިގެން ހުރި ހަތިޔާރު އެޅި މީހަކު ޓެރަރިސްޓް ހަމަލާދީ 6 މީހުން މަރާލައިފި

އެމެރިކާގެ މިލްވައުކީގެ ވިސްކޮންސިންއަވަށުގެ ސިކުންގެ ފައްޅިއަކަށް ތުނބުޅި ބާލައިގެންހުރި މީހަކުވަދެ ދިން ޓެރަރިސްޓް ހަމަލާއެއްގައި 6 މީހުން މަރުވެ ތިން މީގަކަށް ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ވިސްކޮންސިން ގެ ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާގޮތުގައި އުމުރުން ގާތްގަނޑަކަށް 40 އަހަރުގެ، ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި މަތިމަސް ބާލައިގެން ހުރި ދޮން މީހަކު ފައްޅީގެ ބަދިގެއަށް ވަދެވަނީ ވަކި މީހަކަށް ބެލުމެއްނެތި ބަޑިން ހަމަލާދީފައެވެ. އަދި މިހަމަލާގައި 6 މީހަކު މަރާލައި އިތުރު 3 މީހެއްގެ ގަޔަށް ބަޑި ޖެހުމަށްފަހު އޭނާ އަމިއްލަގަޔަށް ބަޑިޖަހައި އަމިއްލައަށް މަރުވިއެވެ.

މަންޒަރު ދުށް މީހުން ބުނާގޮތުގައި އޭނާގެ އަތުގައި ނިއުޔޯކުގެ ޓްވިންޓަވަރަށް ސެޕްޓެމްބަރު 11 ގެ ހަމަލާ ރަމްޒްކޮށްދޭ ޓެޓޫއެއް ހުއްޓެވެ.

މިހާދިސާ ތަޙްޤީޤް ކުރަމުންދާ މުޙައްލިލުން ހާމަކުރާގޮތުގައި ސިކުންނަކީ ބޮލުގައި ފޮށާއަޅައިގެން ތުނބުޅިދިގުކޮށްފަ ތިބޭ ބައެއް ކަމުން އިސްލާމްދީނާއި ޢަދާވަތްތެރި "އިސްލާމޯފޯބުންނަށް" އެމީހުންނަކީ މުސްލިމުންކަމަށް ހީކޮށް ބައެއް ފަހަރު އެމީހުންނަށް ދުއްތުރާކުރާކަމުގައިވެއެވެ. އަދި އެގޮތުން ސިކުންގެ ފައްޅިއަށް މިޓެރަރިސްޓް ހަމަލާދިން މީހާގެ އަތުގައި ޖަހާފައި ހުރި ޓެޓޫއިން އޭނާއަކީ ސެމްޓެމްބަރ 11ގެ ހާދިސާއާއި ގުޅިގެން މުސްލިމުންނަށް ނަފުރަތުކުރާ މީހެއްކަން ހާމަވެގެންދާކަމަށާއި އަދި މިހަމަލާއަކީ ޙަޤީޤަތުގައި މުސްލިމުންނަށް އަމާޒުކުރި ހަމަލާއެއްކަމަށް ޝައްކުކުރެވޭކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *