އަރަބިދުނިޔެ

އިޒްރޭލު ސިފައިން ފަލަސްތީނުގެ ކުޑަކުއްޖަކަށް އަނިޔާކުރާތަން ދައްކުވައިދޭ ވީޑިއޯއެއް ލީކްވެއްޖެ.

ހެބްރޫންގެ އިބްރާހިމީ މިސްކިތް ކައިރިން ހިންގާފައި ދިޔަ ފިރިހެން ކުއްޖަކަށް އިޒްރޭލު ސިފައިންގެ ދެމީހުން ހިފަހައްޓައިގެން ތަޅާ އަނިޔާ ކުރާތަން ދައްކުވައިދޭ ވީޑިއޯއެއް ލީކް ވެއްޖެއެވެ.

ޔޫޓިއުބުގައި  ލީކްކޮށްފައިވާ ވީޑިޔޯ އަކީ 29 ޖޫން ވަނަ ދުވަހު އަމިއްލަ ފަރާތަކުން ނަގައިފައިވާ ވީޑިއޯއެކެވެ. އިޒްރޭލުގެ އިންސާނި ހައްޤުތަކަށް މަސައްކަތް ކުރާ ޖަމާއާތެއް ކަމުގައިވާ "ބީ ޓީސެލެމެ"އަށް ވަނީ މިވީޑިއޯ ހުށައެޅިފައެވެ. އަބްދުއްރަޙްމާން ބުރުކަން ނަމަކަށް ކިޔާ 9 އަހަރުގެ މި ފަލަސްތީން ކުއްޖާއަށް އިޒްރޭލް ދެސިފައިން ވެގެން ވަރަށް އަނިޔާކޮށް ބިން މައްޗައް ވައްޓާލާ ބޫޓުން ތަޅާތަން މިވީޑިއޯއިން ފެނެއެވެ.

"ބީ ޓީސެލެމެ" ވަނީ މިވީޑިއޯއާއި ބެހޭ ގޮތުން ބަޔާނެއް ނެރެ އިޒްރޭލްގެ ކަމާއި ބެހޭ ފަރާތްތަކަށް މި ދެސިފައިންގެ މައްސަލަ ހުށައަޅާފައެވެ. ނަމަވެސް މީގެ ކުރިން ވެސް މިކަހަލަ އެތަށް މަސައްލައެއް ހުށައެޅިފައި ވާ އިރު އޭގެން ކުރި އެއްވެސް ފައިދާ އެއް ނެތެވެ. "ބީ ޓީސެލެމެ" ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ ބޮޑެތި އަނިޔާތަކުގެ އެއްތަށް މިފަދަ ހެކިތަކެއް މުޅި ދުނިޔެއާއި ހިއްސާކޮށްފައެވެ.

ގުޅުންހުރި

3 ޚިޔާލު

  1. ސުބްހާނަالله :'(

  2. ބަންކީން ކީން ؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛ މޫން ފެނޭތަ ބަންކީން މޫންތިބުނަނީ އެމީހުން ނަށް އަނިޔާކުރުމުގެ ހައްޤުވޭ އަހަރެމެންނަށް އެމީހުން މެރުމުގެ ހައްޤެއް ނުވޭޔޭ ތިކަހަލަ ބަންކީމޫނުން ބުނާއެއްޗެހި އަޑުއަހައިގެން އަހަރެމެން ގެ ކުދިންކޮޅުގެ ދުވަސްވެސް ތިއުޅެނީ ދުއްވާލަން

  3. މި ޖާހިލުންނަށް އަނިޔާވެރި ނިމުމަކުން ނިމުން ގެންދަވާށި….. އާމީން..

Your email address will not be published. Required fields are marked *