
އަނބިމީހާއަށް އަނިޔާކުރި ސައުދީގެ މީހެއްގެ މަށްޗަށް، ކީރިތި ޤުރުޢާންގެ 5 ފޮތާއި 100 ހަދީޘް ހިތުން ދަސްކޮށް، އިސްލާމީ ޝަރީއަތާބެހޭގޮތުން ލިޔެފައިވާ 3 ފޮތް ކިޔުމަށް ޖިއްދާގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.
ހުކުމް އިއްވަމުން، އަނބިމީހާގެ ހައްގުތައް ފުރިހަމައަށް އަދާކޮށްދިނުމަށާއި، ނަމާދުތަކަށް ފަރުވާތެރިވެ ބަރާބަރަށް ފަސް ނަމާދު ކޮށް، ތައުބާވުމަސްވެސް ޤާޒީން ވަނީ އެމީހާއަށް ނަސޭހަތްތެރިވެފައެވެ. އަދި ހުކުމާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ހަމަސް ފަހުން އޭނާއަށް ޓެސްޓެއް ދޭނެކަމަށްވެސް ކޯޓުން ވަނީ ހާމަކޮށްފައެވެ.
ކޯޓުން އިތުރަށް ހާމަކުރިގޮތުގައި، އަނބިމީހާއަށް އޭނާ އަނިޔާކޮށްފައިވަނީ، އަނބިމީހާގެ ތިމާގެ މީހެއްގެ ގެޔަށް ޒިޔާރަތް ކުރުމަށް ފިރިމީހާ ކުރިން އެއްބަސްވުމަށްފަހު، ފަހުން އެހެން އަމަލުނުކުރުމުން ދެމީހުން ދެމެދު ޖެހުނު މައްސަލައެއްގެ ތެރޭގައެވެ. މި ހަމަނުޖެހުމުގެ ތެރޭ އަނބިމީހާއަށް އަނިޔާކުރުމުން، އޭނާގެ ނޭފަތަށާއި، ކަރަށާއި، ބޮލުގެ އިތުރުނެ އަތަށާއި ފަޔަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ޖިއްދާގައި ހުންނަ ކިންގް ފަހުދު ހޮސްޕިޓަލުންވެސް ވަނީ ހާމަކޮށްފައެވެ.
ފިރިމީހާ ކިޔަން ޖެހޭ ތިން ފޮތުގެ ތެރޭ ހިމެނެނީ އަބްދުލް އަޒީޒް ބިން ބާޒް(رحمه الله) ، އަޅުކަންކުރުމުގެ އަދަބުތަކާ ބެހޭގޮތުން ލިޔުއްވާފައިވާ ފޮތަކާއި، އީމާން ކަމުގެ ރުކުންތަކާ ބެހޭ ގޮތުން ލިޔުއްވާފައިވާ ފޮތެއްގެ އިތުރުން، އިބްނުލް ޤައްޔިމް (رحمه الله) ލިޔުއްވާފައިވާ ދުޢާކުރުމާ ބެހޭފޮތެކެވެ.

















ވަރަށް ރަގަޅުކަމެއް
ސަޅި ހުކުމެއް! ޤާޒީއަށް ހަމަ ސާބަސް؟ މިކަހަލަ ޤާޒީން ދުނިޔޭގައި ތިބެންވީ ދުނިޔެ އިސްލާހު ވާނެ އިންސާނުން އިސްލާހު ނުވިޔަސް!
މިކަހަލަ ަދހަބު މިރާޖޭގައިވެސް ދޭން ފެނޭ ! އޭރުން ދީން އޮޅުން ފިލަމުނ ދާނެ !
ރަނގަޅު ވ ރަނގަޅު
މިފަދައިން ރާއްޖޭގަވެސް ޢަމަލު ކުރަންވީ. އިންޝާﷲ ރަނގަޅު ވާނެ.
ވަރަށް ރަގަޅު ޙުކުމެއް.. ފަހުންވެސް އެތަށް ބަޔަކަށް ފައިދާ ކުރާނޭ ޙުކުމެއް. މާތްﷲ މިޤާޟީއަށް ރަޙްމަތް ލައްވާށި. އާމީން!!
މިއީ އެއް ވަނައިގެ ޙުކުމެކެވެ. މިފަދަ ޙުކުމްތަކުގެ ސަބަބުން ހުރިހާ ފަރާތަކަށް ފައިދާ ކުރާނެއެވެ. ކުށްވެރިޔާ އަށާއި އޭނާ އެމީހެއްގެ މައްޗަށް އަނިޔާވެރިވީ މީހާއަށާއި އަދި މުޅި މުޖުތަމައަށެވެ. ރާއްޖެ ފަދަ ކުޑަކުޑަ އިސްލާމީ ގައުމެއްގައި މިފަދަ ހުކުމްތައް ކުރާނަމަ މުޖުތަމައުން މިހާރު މިފެންނަ ފަދަ ނުބައި ކަންތައްތައް މިއަށްވުރެ މަދުވާނެހެން ވަރަށްބޮޑަށް ހީވެއެވެ.
ބަރާބަރު!!! މިކަމުން މިރާއްޖޭގެ ވެރިންނަށާއި އެންމެހާ ޢާޒީންނަށާއި އެންމެންނަށް ރަނގަޅު ފިލާވަޅެއް ލިބި ޢިބުރަތެއް ޙާޞިލް ކުރެވޭނެކަމަށް އުއްމީދުކުރަން!! މިރާއްޖޭގައިވެސް އިސްލާމީ ޙުކުމު ތަންފީޒުކުރައްވާ!!! ދެރަވޭ މިރާއްޖޭގެ ޙާލަތުހުރިގޮތުން!!! ކަނޑައެޅިގެން އިސްލާމުދީނާ ޙިލާފު ވާހަކަތައްދައްކާ އެތައްކަމެއް ކުރަމުންދާއިރުވެސް އެމީހުންނާއިމެދު ފިޔަވަޅު އެޅިގެންދާތަނެއް ނުފެނޭ!!! ޙައްލަކީ އިސްލާމީ ޝަރީޢަތް!!! ސައްތައިންސައްތަ އިސްލާމީ ޤަޢުމެއްގައި އިސްލާމީ ޝަރީއަތް ތަންފީޒު ނުކުރެވެންވީ އެއްވެސް ސަބަބެއް ނޯންނާނެ!!! ޔާﷲ! މިރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާޢިމުކުރައްވާނދޭވެ!!