ރިޕޯޓްދިއިސްލާމް

ފަހުން ނަގާ ރާޅު ބޮޑުވާނެ!

Photo: worldpulse.com

 

Photo: worldpulse.com

 

އިންސާނާގެ ހިތަކީ އަޑިނޭނގޭ ކަންވާރެކެވެ. އެއީ އުމަރު އައްޔާރުގެ ސުންބުލިފަދަ އެއްޗެކެވެ. ގިނަ ކަންތައްތައްތަކެއް ކުރުމަށް އިންސާނާ އަބަދުވެސް ބޭނުންވެއެވެ. އެކަންތައްތައް ކުރުމަށް މަސައްކަތްވެސް ކުރެއެވެ. ބައެއް ކަންކަން ކާމިޔާބުވެ، އަތްދަށުންވެސް ދެއެވެ. ހަމަ މިފަދައިން އަނެއްބައި ކަންތައްތައް ނާކާމިޔާބު ވެގެންވެސް ދެއެވެ.

ކަންތައްތައް ކުރުމަށް ޤަސްޠު ކުރުމުގެ ކުރިން އެކަމަކުން ކާމިޔާބު ހޯދުމަށް ﷲ ގެ ހަޟުރަތުގައި ދަންނަވައެވެ. އެހެންނަމަވެސް ގިނަކަންތައްތައް ވެގެންދަނީ ފޫނެތްފަޔަކަށް ފެންފުރުން ކަހަލަ ކަމަކަށެވެ. ކަން މިފަދައިން ވީނަމަވެސް ތިމާ ހެއްދެވިފަރާތާއި އޮންނަ ގުޅުން ކަނޑާނުލާ އަޒުމާއެކު ކުރިއަށްދާށެވެ. ފަހުންނަގާ ރާޅުބޮޑުވާނެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ކިތައްކިތައް ކުދިން ފާސްނުވެ، މާޔޫސްކަންމަތީ އެބަތިބިތޯއެވެ. ތިމާގެ މާޒީވެ ގޮސްފައިވާ ފިޔަވަޅުތަކަށް ބަލައި ހެދިފައިވާ ގޯސްތަކާމެދު ވިސްނާ އެފަދަ ގޯސްތައް ތަކުރާރުވިޔަ ނުދީ ކުރިއަށްދިއުމަށް ދަތުރު ފަށާށެވެ. ހިތްވަރާއި އަޒުމާއެކުއެވެ. ކާމިޔާބަކީ މަސައްކަތްތެރިންގެ ހައްޤެއްކަމުގައި ބަލާށެވެ. ގަދައަޅާ މަސައްކަތް ކުރާށެވެ. ފުރަތަމަ ފަހަރު ފެއިލްވެއްޖެނަމަ ޖެހިގެން އޮތް އަހަރު އެ އިމްތިހާނުގައި ބައިވެރިވާށެވެ. އަދި ދެވަނަ ފަހަރު ފެއިލްވިޔަސް އުންމީދާއެކު މާޔޫސްނުވެ އިމްތިހާނުގައި ތިންވަނަ ފަހަރަށްވެސް ބައިވެރިވާށެވެ. ހިންޏަކީ މިސާލެއް ކަމުގައި ބަލާގެންނެވެ. އާއެކެވެ. ހިނި ފަރުބަދަ ކެނޑިއެވެ. އެހެންނަމަވެސް އެކަމަށް ވަގުތު ނެގިއެވެ. ކަންއެހެން ހުރިއިރު މިކަމަށްވެސް ކާމިޔާބުވާނީ ފާސްވާގޮތަށް ތިމާގެ އަމަލުތައް ބަހައްޓާގެންނެވެ. ތިމާއާއި ﷲ އާއިމެދު އޮންން ގުޅުން ބަދަހިކޮށްގެންނެވެ. ކެތްތެރިވާށެވެ. ނާކާމިޔާބަކީ ކާމިޔާބީގެ ތަޅުދަނޑިކަމުގައި ބަލައިގެން ކުރިއަށްދާށެވެ.  ﷲ ގެ އިރާދައާއެކު ތިމާއަށްވެސް ކާމިޔާބުވާނެކަމަށް އުންމީދުކުރާށެވެ. އޭރުން ފަހުންނަގާ ރާޅު ބޮޑުވާނެއެވެ. އާދެ! ﷲ ގެ އިރާދަފުޅުން ލިބޭނަތީޖާވެސް ފޮނިވާނެއެވެ.
ތަރުބަވީ ފަރާތްތަކަށް ބުނެލަން އޮތީ، ތީ އަޅުގަނޑުމެންގެ ހިތުގެ ދިރުމެވެ. ލޮލުގެ ނޫރެވެ. އަދި ގައުމުގެ ދުލުން ގޮވަމުން އެދަނީ ތިޔަލޮބުވެތި އުސްތާޛުންނަށެވެ. ތިޔަ އިހްލާސްތެރި މުރައްބީންނަށެވެ. އަޅުގަނޑުމެންގެ ހިތުގެ ވިންދުފަދަ ތިޔަ މުދައްރިސުންނަކީ އަޅުގަނޑުމެންގެ މި މުޖުތަޢު އޮތް ހާލަތަށް ބަލާއިރު ހަކީމުންނެވެ. ޑޮކްޓަރުންނެވެ. އަޅުގަނޑުމެން މިހާލަތުން ސަލާމަތްވުމަށް ތިޔަފަރާތްކުން ބޭހަކަށް ބޭނުންވެއެވެ. މިއަދު މުޖުތަމަޢު އޮތް ހާލަތުން ސަލާމަތްކުރުމަށް ތިޔަފއަބުޠޯލުން  ތިކުރައްވާ ހަނގުރާމާއިގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ބައިވެރިވަމެވެ. އެކަމަކު އެކި މީހުންނަށް ބައިވެރިވެވޭނީ އެކި ގޮތަށެވެ. ހަޤީގަތުގައި ތިކުރަނީ ހަނގުރާމައެއްނޫނެވެ. ޖީހަދެކެވެ. މިޖިހާދުގައި ބޭނުން ކުރަންޖެހޭ ހަތިޔާރުއެއީ މިޖިހާދަށް އެންމެ އެކަށީގެންވާ ހަތިޔާރުކަމުގައި ހަދާށެވެ. މިޖާހާދުގައި ކަނޑިބަޑި ބޭނުން ކުރުމުގެ ބަދަލުގައި ޚިކުމަތާއި ބުއްދި ބޭނުންކުރާށެވެ.
އޭއަޅުގަނޑުމެންގެ ލޮބުވެތި އެދުރުންނޭވެ! މިޖިހާދު ކުރަމުންދާއިރު ވިސްނާލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. އެހެނީ އެއްވެސް ކަމެއް ހަމަހުރެފައި ވަނެކަމެކަމުގައި ގަބޫލުނުކުރެވެއެވެ. އެކަމުގެފަހަތުގަ ސަބަބުތަކެއް ވާނެއެވެ. އެހެންކަމުން މިޖިހާދުގެ އެންމެ މުހިންމު ނުކުތާކަމުގައި، އަޅުގަނޑުމެން މިހާލަތަށް އައިސަބަބު ހޯދުން މުހިންމުކަމުގައި ގަބޫލުކުރެވެއެވެ. އަދުގެ ޖީލުތަރުބިއްޔަތު ކުރުމުގައި ތޮއްޑުދަށުން ގޮސްފައިވަނީ ކޮންކަމެއްތޯ ބަލާށެވެ. ނުވަތަ އަތްދަށުން ގޮސްފައިވަނީ ކޮންކަމެއްތޯ ބެލާށެވެ. ހީވާގޮތުން ކޮންމެވެސް ހިސާބަކުން އެކަން ހޯދޭނެވެ. އެއްގަނޑުން ކުރެވިފައި ވަނީ ކޮންކަމެއްކަން އަޅުގަނޑުމެންނަށް އެނގުމުން ޖިހާދުގެ ދެން އޮތްބައި ކާމިޔާބުކުރަން ފަސޭހަވާނެއެވެ. ހަޤީގަތުގައިވެސް އަޅުގަނޑުމެންގެ މުޖުތަމަޢު މިއަދު މޮތް ހާލަތަކީ ވަރަށް ދަށް ހަލާތަކެވެ. އެޅިފައިވާ ލޯވަޅުތަކާއި ފާރުވެފައިވާ ފާރުގަނޑުތައް ބައްދާ ފަސޭހަކުރުމުގެ މަސައްކަތައްކީ ފަސޭހަ މަސައްކަތެއް ކަމެއްނޫނެވެ. މިވަޅުގަނޑުން ސަލާމަތްވާން ވަގުތު ނަގާނެކަންވެސް އެނގެއެވެ. އެހެންނަމަވެސް ފަހުން ނަގާރާޅު ބޮޑުވާނެއެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނޭ ބުނާބުނުން ސިދާވެ އެ އުސްގަނޑު އަންނަ ދުވަހުން އެންމެންގެ ހިތްތައް ހުފަލުން ފުރިގެންދާނެއެވެ.
މީހުން ބުނާތީ އަޑުއަހަމެވެ. ތަނެއްގެ އިޤްތިޞާދީ ހާލަތު ގޯސްވެއްޖެނަމަ އެއީ އެތަނެއްގެ ހަލާކުގެ ފެށުމެވެ. މި މުޖުތަމަޢުއަކީ އިސްލާމީ މުޖުތަމައުއެކެވެ. އެހެންނަމަވެސް ހިތާމައަކީ މިކުޑަކުޑަ މުޖުތަމައުގައިވެސް އިސްލާމީ އިޤްތިސާދުގެ އަސާސްތަކަށް ފުރިހަމަކުރުމުގައި ފަސްޖެހޭކަމެވެ. އިސްލާމީ އިޤްތިޞާދުގެ އެއްސާސްކަމުގައިވާ ޒަކާތް އަދާކުރާމީހުން މަދުކަމެވެ. ހާލުގައިޖެހިފައި އެތިބަ މިސްކީނު ފަޤީރުންނަށް އަދި ހާއްޞައެހީއަށް ބޭނުންވެފައި އެތިބި މީހުންނަށް ޞަދަގާތަކުން އެހޭތެރިވާ މީހުން މަދުކަމެވެ. ތިމާ ހަރަދު ދޭންޖެހޭ ފަރާތްތަކަށް ކޯޓަށް ހާޟިރު ކުރުމުންވެސް ހަރަދު ދިނުމަށް ފަސްޖެހޭކަމެވެ. އިސްވެދެންނެވި ތިން ކަންތަކުގެ އިތުރުން ދެން އިސްލާމީއިޤްތިސާދުގެ ހަތަރު އަސާސްގެ ދެން އޮތް ބަޔަކީ ވަޤްފެވެ. އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. މިކަންކުރެވޭނީ އެންމެ އެއްބާރުލުން ދީގެންނެވެ. މިކަންކުރުމަށްވެސް ވަގުތުތަކެއް ނަގާނެކަން ކަށަވަރެވެ. އެހެންނަމަވެސް އެނގޭހާވެސް އެއްޗަކީ މިކަން ހައްލުވުމުން މުޅިމުޖުތަމަޢުއަށްވެސް ފައިދާވާނެކަމެވެ.
އަޅުގަނޑު މިލިޔުމުގައި އަލިވަޅުވާލައިފާއި މިވާ ތިންކަންތަކަށް ހައްލުވެގެން ދިޔުމުގެ ނަތީޖާއަކީ މުޖުތަމައުގައި ތަޢުލީމީ މީހުން ގިނަވެ، ޖަހާލަތުގެ އަދިރިކަންފިލައި ދިޔުމެވެ. އަދި ހަމައެހެންމެ މުޖުމަޢުގެ އިޖުތިމާއީފޭރާން ވަރުގަދަވެ، އަޚްލާޤް ރަނގަޅު ހަރުދަނާ ޖީލެއް އުފެދިގެން ދިއުމެވެ. މީގެ އިތުރުން ރަނގަޅު އިޤްތިޞާދެއް ބިނާވެ މުޖުތަމަޢުގެ މީހުންގެ މެދުގައި ފުދުންތެރިކަން އިތުރުވެ ވަޒީފާގެ ފުރުޞަތު ތަނަވަސްވުމެވެ. އެހެންނަމަވެސް މިއިން ކޮންމެކަމެއް ފުރިހަމަކުރުމަށްވެސް ވަގުތުނަގާނެއެވެ. އޭރުން އަޅާ މޭވާވެސް ފޮނިވާނެއެވެ. އާދޭހެވެ. ފަހުންނަގާ ރާޅުބޮޑުވެފައި ފައިދާ ބޮޑުވާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް