ދުނިޔެ

ޝީޢީ ޓެރަރިސްޓް ޖަމާޢަތަކުން ޔަމަނުގެ ދައްމާޖުގައި ހުންނަ ދާރުލްޙަދީޘް ޙިޞާރުކޮށްފި

ޔަމަނުގެ ހައްދުފަހަނައަޅާފައިވާ ޝީޢީން ނުވަތަ ރާފިޟީންގެ ޓެރަރިސްޓް ޖަމާޢަތެއް ކަމުގައިވާ ޙޫޘީން، 3000 ވަރަކަށް ޢާއިލާތަކުގެ މައްޗަށް ހިމެނޭ 10،000 ދަރިވަރުންގެ ކިޔަވަމުންދާ، 'ދާރުލްޙަދީޘް' ނަމަކަށްކިޔާ ދީނީ ތަޢުލީމް އުނގަންނައިދޭ ޔަމަނުގެ މަޝްހޫރު ސުންނީ މަރުކަޒެއް ޙިޞާރުކޮށްފިއެވެ.

ސޫދިޢަރަބިއާގެ ބޯރޑަރާއި އިންވެގެން އޮންނަ ޔަމަނުގެ އުތުރުގެ ޕްރޮވިންސެއްކަމުގައިވާ ޞަޢަދާގެ ވަދީއެއްކަމުގައިވާ ދައްމާޖު ޙިޞާރުކޮށްފައިވަނީ ގާތްގަނޑަކަށް މީގެ އެއްމަސް ކުރިންނެވެ. ޔަމަނުގެ އެކި ޕްރޮވިންސްތަކުގެ ޤަބީލާތަކުން ދައްމާޖުގައިވާ މުސްލިމު އަޚުންނާއި އުޚްތުންނަށް އެހީތެރިވެދިނުމުގެ ގޮތުން ދައްމާޖަށް ދަތުރުކޮށްފައިވާ ކާބޯތަކެތީގެ ޤާފިލާތަކަށް ހޫޘީ ޓެރަރިސްޓުންވަނީ ހުރަސް އަޅާފައެވެ.

ޔަމަނުގެ ޚަބަރުފަތުރާ ވަސީލަތްތަކުންނާއި އަދި ދައްމާޖުގައި ކިޔަވަމުންދާ ދަރިވަރުންގެ ފަރާތުން މަޢުލޫމާތުލިބިފައިވާގޮތުގައި އަނިޔާވެފައިވާ މީހުންނާއި ބަލިމީހުން ފަރުވާހޯދުމަށް ދައްމާޖުގެ ބޭރުގައިވާ ހޮސްޕިޓަލްތަކަށް ދިއުންވެސް ޙޫޘީންވަނީ މަނާކޮށް މަގު ބަންދުކޮށްފައެވެ.

ދައްމާޖު ދާރުލްޙަދީޘަކީ ހައްދުފަނައަޅާފައިވާ ވައްހާބީންގެ މަރުކަޒެއްކަމަށާއި އަދި ވައްހާބީންނަކީ އެމީހުންގެ އެންމެ ބޮޑު ޢަދުއްވުންކަމުގައިބުނެ ޙޫޘީން މިހާރުދަނީ ދައްމާޖުގެ ރައްޔިތުންނަށާއި އަދި ދާރުލްޙަދީޘްގައި ކިޔަވަމުންދާ ދަރިވަރުންނަށް ބަރުހަތިޔާރު ބޭނުންކޮށްގެން ހަމަލާދެމެންނެވެ. މިގޮތުން ޝީޢިން މިހައިތަނަށްވަނީ ކުޑަކުއްޖަކާއި، އަންހެނަކާއި އަދި އެހެން ބައެއް މީހުން ޤަތުލުކޮށްފައެވެ.

2004 ވަނަ އަހަރުން ފެށިގެން ޙޫޘީންވަނީ ޔަމަނުގެ އުތުރު ސަރަޙައްދުގައި އެމީހުންގެ ޝީޢީ އަމިއްލަ ދައުލަތެއް ބިނާކުރުމަށް ދާޚީލީ އެތަކެއް ހަނގުރާމަތަކެއް ކޮށްފައެވެ. ޔަމަނުގެ ގިނަ ބަޔަކު ދެކޭގޮތުގައި ޙޫޘީންނަށް މާލީ އަދި އަސްކަރީ އެހީތެރިކަން ދެމުންދަނީ ޢީރާނުގެ ޝީޢީ ވެރިކަމުންނެވެ. ޔަމަނުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ނާޖާއިޒް ފައިދާނަގައި ޙޫޘީން ދަނީ ޔަމަނުގެ ގިނަ ސަރަޙައްދުތަކެއްގައި އެޖަމާޢަތުގެ ބާރުގަދަކުރަމުންނެވެ.

ދައްމާޖުގައިވާ ދާރުލްޙަދީޘަކީ މީގެ އަހަރުތަކެއް ކުރީން ދީނީ ޢިލްމު ފެތުރުމަށް ޔަމަނުގެ މަޝްހޫރު ޙަދީޘް ޢިލްމްވެރިއެއް ކަމުގައިވާ ޝައިޚް މުޤްބިލް އަލްވާދިޢީ ތައުސީސް ކުރެއްވި ޢިލްމީ މަރުކަޒެކެވެ.

ޝީޢީންގެ އަނިޔާވެރިކަމުގެ ދަށުގައިވާ ދައްމާޖުގެ މުސްލިމު އަޚުންނާއި އުޚްތުންގެ ޙާލުބެއްލެވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފުންނާބު އުސް ޢިލްމުވެރިން ދަނީ ދާރުލްޙަދީޘްގެ އިސް ޝައިޚް ޝައިޚް ޔަހްޔާ އަށް ފޯނުން ގުޅުއްވަމުންނެވެ. މީގެތެރޭގައި މަދީނާގެ މަޝްހޫރު ޙަދީޘް ޢިލްމުވެރިޔާ ޝައިޚް ޢަބްދުލްމުހްސިން އަލްއައްބާދާއި، ޝައިޚް ރަބީޢު ބިން ހާދީ އާއި އަދި އިމާމް އަލްއަލްބާނީގެ އިސްދަރިވަރެއްކަމުގައިވާ ޝައިޚް ސަލީމް އަލްހިލާލީ ހިމެނެއެވެ. އަދި މިޢިލްމުވެރިންވަނީ  ދައްމާޖުގައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް ނަޞްރުދެއްވުމަށް އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާކުރެއްވުމަށް މުސްލިމުންނަށް ގޮވާލައްވާފައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ރާފިދީންގެ ނުލަފާ ވަކި ތަކުން ދައްމާޖު ސަލާމަތް ކުރައްވާށި!

Your email address will not be published. Required fields are marked *

More in ދުނިޔެ