ދިއިސްލާމް ފޮޓޯ ދަނޑުމަތީގައި ފަލަސްތީނަށް ސަޕޯޓްކުރަނީ

ދަނޑުމަތީގައި ފަލަސްތީނަށް ސަޕޯޓްކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަތީގައިވާ ފޮޓޯގައިވަނީ ފްރާންސްއަށް އުފަން ފުޓްބޯޅަ ކުޅުންތެރިއަކު ގޯލް ޖެހުމަށް ފަހު އުފާ ފާޅުކުރަމުން ގޮސް ޓީޝާޓް ބޮލުގައި އަޅުވާ އެތެރެއިން ލާފައިވާ ޓީޝާޓުގައިވާ 'ފަލަސްތީނު' މިބަސް މެޗު ބަލަން ތިބި މީހުންނަށް ދައްކާ މަންޒަރެވެ. މިކުޅުންތެރިޔާ މިގޮތަށް އަމަލުކޮށްފައިވަނީ އެދުވަސްވަރު ޤާޒާ އާއި ދެކޮޅަށް އިޒްރޭލުން ހިންގި އުދުވާނެއްގައި 700 އަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލުމާއި ގުޅިގެން އެކަމާއި 'ނުރުުހުން' ފާޅުކުރުމުގެ ގޮތުންނެވެ. މިމައްސަލާގައި އޭނާއަށް ވަނީ ދަނޑުމަތީގައި 'ރީނދޫ' ކާޑެއް ދައްކާފައެވެ. އަދި މިއަމަލުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުން މީނާއަށް 'ސާބަސް' ދެމުން ދިޔައެވެ. އަދި އަނެއް ބަޔަކު މިއީ 'ފިނޑި' އަމަލެއްގެ ގޮތުގައިވެސް ވަނީ ސިފަކޮށްފައެވެ.

ފީފާއިން ޓީޝާޓުގައި 'ފަލަސްތީނު' މިހެން ލިޔެ މެޗު ބެލުން ތެރިންނަށް ދެއްކުމަކީ ކުށެއްކަމަށް ބުނާއިރު ވޯލްޑްކަޕް ފަދަ ބޮޑެތި މުބާރާތްތަކުގައި 'އައިލަވް ޖީސަސް' ޖަހާފައިވާ ޓީޝާޓުތައްވެސް ދަނީ ދައްކަމުންނެވެ. އެއީ ކުށަކަށް ނުވެއެވެ. ފަލަސްތީނަށް ސަޕޯޓް ކުރުމަކީ ފީފާގެ ކުރިމަތީ ބޮޑުވެގެންވާ ކުށެކެވެ.

ޓެގް

ދީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.