އެހީ!ދިއިސްލާމް

"އަޅުގަނޑުގެ ދަރިފުޅަށް އެހީތެރިކަން ފޯރުކޮށްދެއްވާ" :ޝިފާން

ދުނިޔެ އަށް އުފަންވުމާ އެކު މިފްޝާން އަށް ވެސް ކުރިމަތިލާން ޖެހުނީ ދުނިޔޭގެ ބޮޑު އިމްތިހާނަކާއެވެ. އުފަންވުމާ އެކު ހަރަކާތް ހުއްޓި، އެތައް އިރަކު އޮތުމަށް ފަހު ފަނަރަ މިނެޓް ފަހުން މިފްޝާން މިދުނިޔޭގެ ތެރެއަށް ފުރަތަމަ ރޮއެލުމުގެ އަޑު ދޫކޮށްލީ ރިހުން އެކުލެވިފައިވާ ވޭނީ އަޑަކުންނެވެ. އެހެން މީހުންގެ އެހީތެރިކާމާއި އަޅާލުމަށް އެދޭ ހާލުގައެވެ.

ނ. ހޮޅުދޫ، ވައިޓްފްލާވަރ، އަޙްމަދު ޝިފާން އަށާއި، އެރަށު ކިނބިގަސްދޮށުގެ، މަޢުނާ ސައީދުގެ އަލަތު ދަރިފުޅު މުޙައްމަދު މިފްޝާން ޝިފާން އަކީ އުފަންވުމުގައި ވެސް ބަލި ކުއްޖެކެވެ. ނ. މަނަދޫ ހޮސްޕިޓަލުގައި ވިހެއުމަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތިން އުފަންވިތާ 3 ދުވަސްފަހުން އެދަރިފުޅު ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެވުނެވެ. މާލޭގެ އައިޖީއެމް ހޮސްޕިޓަލުން މިހާރު ލަފާދީފައި ވަނީ ވީހާވެސް އަވަހަކަށް މިފްޝާން އަށް ފަރުވާކުރުމަށް ރާއްޖޭއިން ބޭރަށް ދިއުމަށެވެ. މިހާރު މިފްޝާން އަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގެ ނާސަރީގައެވެ. މިފްޝާން އަށް މިހާރު އެއް މަސް ވެއްޖެ އެވެ.

ތުއްތު ތުއްތު މިފްޝާން އުފަންވިއިރު، ހިތުގައި ލޯވަޅެއް ހުރުމާއި، ފުއްޕާމޭގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. އަދި ޅައުމުރުގައި ގިނަ ގިނައިން ފިޓުޖެހުމުގެ ސަބަބުން މިފްޝާންގެ ބަލިހާލަތު އެއްދުވަހުން އަނެއްދުވަހަށް ދަނީ ބޮޑުވަމުންނެވެ. މިފްޝާންގެ ބައްޕަ ޝިފާން ބުނީ މިފްޝާން ކުޑަކަމުދާއިރުގައާއި، ބޮޑުކަމުދާ ކޮންމެ ފަހަރަކު ފިޓުޖެހޭ ކަމަށެވެ. އެގޮތުން އެންމެ މަދުވެގެން ދުވާލަކު ތިން ފަހަރަށް ފިޓުޖެހޭ ކަމަށް ޝިފާން ބުންޏެވެ.

ތުއްތު ތުއްތު މިފްޝާން އުފަންވިއިރު، ހިތުގައި ލޯވަޅެއް ހުރުމާއި، ފުއްޕާމޭގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. އަދި ޅައުމުރުގައި ގިނަ ގިނައިން ފިޓުޖެހުމުގެ ސަބަބުން މިފްޝާންގެ ބަލިހާލަތު އެއްދުވަހުން އަނެއްދުވަހަށް ދަނީ ބޮޑުވަމުންނެވެ. މިފްޝާންގެ ބައްޕަ ޝިފާން ބުނީ މިފްޝާން ކުޑަކަމުދާއިރުގައާއި، ބޮޑުކަމުދާ ކޮންމެ ފަހަރަކު ފިޓުޖެހޭ ކަމަށެވެ. އެގޮތުން އެންމެ މަދުވެގެން ދުވާލަކު ތިން ފަހަރަށް ފިޓުޖެހޭ ކަމަށް ޝިފާން ބުންޏެވެ.

"އަޅުގަނޑުމެން މިހާރު ވެސް މިތިބީ އެހީ ލިބުނުހާ އަވަހަކަށް ބޭރަށް ދާން ތައްޔާރަށް. މިހާރު ވެސް ވަރަށް ބޮޑު ޚަރަދެއް ހިނގާ. މާލޭގައި ތިބުމުގެ އިތުރުން، ކެއުމަށް ވެސް ވަރަށް ބޮޑު ޚަރަދެއް ދޭ. އެހެންކަމުން ގިނަ ބައެއްގެ ދީލަތި އެހީތެރިކަމާއެކު މެނުވީ ދަރިފުޅަށް ފަރުވާކުރެވޭނެ ގޮތެއް މިއަދަކު ނެތް" ވަރަށް އަސަރާއެކު ޒުވާން ބައްޕަ ޝިފާން ބުންޏެވެ.

އޭ އެކުވެރިންނޭވެ. މި ތުއްތު މިފްޝާން އަށްޓަކައި ޤުރުބާނީއެއް ވެލައްވާށެވެ. މި ތުއްތު މިފްޝާންގެ ފުރާނަ ސަލާމަތްކޮށް، ދުޅަހެޔޮ ސިއްހަތެއްގައި އެދަރިފުޅު ލެހެއްޓުމަށްޓަކައި މިއަދު އަޅުގަނޑުމެންގެ އެހީތެރިކަން މިވަނީ ފޯރުކޮށްދޭން ޖެހިފައެވެ. އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތެރިކަމާއިއެކު މެނުވީ މިފްޝާންގެ ބައްޔަށް ފަރުވާކުރެވޭނެ ހަމަ އެއްވެސް މަގެއް ނެތެވެ. އެހެންކަމުން ހަމަ ކޮންމެ ބޭފުޅަކުވެސް މިފްޝާން އަށް އެހީތެރިކަން ފޯރުކޮށްދޭށެވެ. މިފްޝާންގެ ފަރުވާއަށްޓަކައި ދިއްކޮށްލާ އެންމެ ފަސް ރުފިޔާ އަކީ ވެސް މިއަދު އެ ޢާއިލާ އަށް ރަނަށް ވުރެވެސް އަގުބޮޑު އެއްޗެކެވެ. އަދި ކިތަންމެ ކުޑަ މިންވަރެއްގެ އެހީތެރިކަމެއް ވެސް އެ ޢާއިލާއިން ބަލައިގަންނާނީ ޝުކުރުވެރިކަމާ އެކުގައެވެ.

އެހީތެރިކަމާއި އަޅާލުމަށް ބެނުންވެފައިވާ ކުޑަކުޑަ މިފްޝާނަށްޓަކައި މިއަދު ތިބާގެ އަތުން ދޫކޮށްލެވޭ އެހީތެރިކަމުގެ ފައިސާކޮޅަކީ، ހަމަޔަޤީނުންވެސް ގެއްލިގެން ދާނެ އެއްޗެއް ނޫނެވެ. އެހީތެރިކަމާއި، އޯގާތެރިކަމަށް އެދި މިއަދު އެ ރޮނީ ކުޑަކުޑަ މައުސޫމް ތުއްތު ތުއްތު ކުއްޖެކެވެ. މާދަމާ އެފަދަ ރިހުމުގެ އަޑަކުން ރޯލާނީ ތިބާގެ ދަރިފުޅު ނޫންކަމެއްވެސް އެނގެނީ ކިހިނެއް ހެއްޔެވެ. އެދުވަހުން ހަމަ މިގޮތަށް ތިބާވެސް އެހީތެރިކަމަށް އެދޭނެއެވެ. އާދޭސް ކުރާނެ އެވެ. އެހެންކަމުން މިފުރުޞަތުގެ ބޭނުންހިފާ، ތިބާގެ އެހީތެރިކަން އެތުއްތު މިފްޝާނަށް ފޯރުކޮށްދެމާ ހިނގާށެވެ.

މުޙައްމަދު މިފްޝާން ޝިފާން އަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގުޅުއްވާނީ މިފްޝާންގެ  ބައްޕަ އަޙްމަދު ޝިފާން (7422090) އަށެވެ. އަދި މިފްޝާން އަށް އެހީވުމަށްޓަކައި 7720468908101 މި އެކައުންޓަށް ފައިސާ ޖަމާކުރެއްވުން އެދެމެވެ. މިއީ އަޙްމަދު ޝިފާންގެ އެކައުންޓް ނަންބަރެވެ.

"އިންސާނިއްޔަތަށްޓަކައި އަހަރެން އެހީވާނަން، މާދަމާ އަހަރެންވެސް އެހެން މީހުންގެ އެހީތެރިކަމަށް އެދެން ޖެހިދާނެ"

މިފްޝާންގެ ޢާއިލާ ކެތްތެރިކަމާއެކު އިންތިޒާރުކުރަމުން އެދަނީ ތިބާގެ އެހީތެރިކަމަށެވެ. ވެވުނު މިންވަރަކުން މިޢާއިލާއަށް އެހީތެރިން ފޯރުކޮށްދޭށެވެ. ތުއްތު ތުއްތު މިފްޝާން އަށް މާތްﷲ އަވަސް ޝިފާއެއް މިންވަރުކުރައްވާށިއެވެ. އާމީން.

ގުޅުންހުރި

6 ޚިޔާލު

  1. ﷲ ތިކުއްޖާއަށް ހެޔޮރަހުމަތްލައްވާށި ހުރިހާކަމެއްވެސް މޮޅަށްދެނެވޮޑިގެންވަނީﷲއެވެ އެ ތުއްތު ކުއްޖާގެ މައިންބަފައިންނަށް ﷲ ކެއްތެރިކަންދެއްވާށި.އާންމީން

  2. މާތްﷲ އެ ކުއްޖާއަށް އަވަސް ޝިފާ އެއް ދެއްވާން ދޭ. އާމީން.. އިރާދަ ކުރެވިއްޔާ އަޅުގަނޑުވެސް އެތުއްތު ކުއްޖާ އަށް އެހީތެރުކަމުގެ އަތެއް ފޯރު ކޮށް ދޭނަން….

  3. ހުރިހާކަމެއްވެސް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ. ﷲ ތިކުއްޖާއަށް ހެޔޮރަހުމަތްލައްވާށި އެ ތުއްތު ކުއްޖާގެ މައިންބަފައިންނަށް ﷲ ކެއްތެރިކަންދެއްވާށި. އާމީން

  4. އަޅުގަނޑު ވަރަށް ބޭނުން އެފަދަ ފަރާތްތަކަށް އެހީވާން އެކަމަކު ބޭންކުގެ ހިދުމަތް ރަށުން ލިބެން ނުހުންނާތީ ވ.އުނދަގޫ! މިތުއްތު ކުއްޖާ އަވަސް ޝިފާއަކަށް އެދެން 1

  5. ތުއްތު ތުއްތު މިފްޝާން އަށް މާތްﷲ އަވަސް ޝިފާއެއް މިންވަރުކުރައްވާށިއެވެ. އާމީން.

  6. ކެއްތެރިކަންދެއްވާށި.އާންމީން ތުއްތު ތުއްތު މިފްޝާން އަށް މާތްﷲ އަވަސް ޝިފާއެއް މިންވަރުކުރައްވާށިއެވެ. އާމީން.

Your email address will not be published. Required fields are marked *

More in އެހީ!