ފޭރިގެންފައިވާ ފަލަސްޠީނުގެ ބިންތަކުގައި އުޅެމުން އަންނަ ހައްދުފަހަނަ އެޅި ޔަހޫދީންތަކެއް ފަލަސްޠީނުގެ އަލް މުޢައްޔިރު އަވަށުގެ މިސްކިތެއްގައި ހުޅުޖަހާ ރޯކޮށްލައިފިއެވެ.
މަންޒަރު ދުށް ފަރާތަކާ ހަވާލާދީ ޕަލެސްޓައިން ޑެއިލީން ހާމަކުރާ ގަތުގައި، ހައްދުފަހަނަ އެޅި ޔަހޫދީންތައް މިސްކިތުގައި ރޯކޮށްލާފައިވަނީ މެންދަމު 3 ޖަހާ ކަށް ހާއިރުއެވެ. މިސްކިތުގައި ރޯކޮށްލުމަށް ފަހު ބައެއް ފާރުތަކުގައި ގްރަފިޓި ކުރަހާފައި ހުރިކަމަށްވެސް ޕަލެސްޓައިން ޑެއިލީން ހާމަކުރެއެވެ.
ބެލެވޭ ގޮތުގައި މިސްކިތުގައި ރޯކޮށްލި މީހުން އައިސްފައިވަނީ، މިސްކިތާ އެންމެ 3 ކިލޯމީޓަރު ދުރުގައި އޮންނަ، އަދިއް ޖިލާދުގެ ނަމުގައި، ގަވާއިދާ ޙިލާފަށް ފަލަސްޠީނުގެ އަމިއްލަ ބިންތަކުގައި އާބާދުކުރަމުން ދާ ހިސާބުންނެވެ. ފަލަސްޠީނުގެ ރައްޔިތެއް ކަމަށްވާ ޖިހާދު އަލް ނައުސަމް އާ ހަވާލާ ދީ އޭއެފްޕީން ބުނާ ގޮތުގައި، ފަތިސް ނަމާދު ކުރަން މީސްތަކުން ދިޔަ އިރު މިސްކިތުގެ ތެރެއިން ދޮރުތަކުން ހުޅުގަނޑު ބޭރަށް ނުކުމެ ހުއްޓެވެ. އަދި، މިސްކިތުގައި އެމީހުން ރޯކޮށްލާފައިވަނީ، މިސްކިތުގެ ތެރެއަށް ކާރު، ޕިކަޕް ފަދަ ތަކެތީގެ ޓަޔަރު އެޅުމަށް ފަހުގައި ކަމަށް ނައުސަމް ހާމަކުރިއެވެ.
ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީން، މިސްކިތްތަކުގައި ހުޅު ޖެހުމަކީ ފަލަސްޠީނުގައި ވަރަށް ގިނައިން ހިންގަމުން ދާ ކަމެކެވެ. އެގޮތުން މިދިޔަ މަހުވެސް އެމީހުން ވަނީ، ރާމަﷲގެ މިސްކިތެއްގައި ހުޅުޖަހައިފައެވެ. އަދި، މިދިޔަ އަހަރު ވަނީ ބެތްލެހެމްގެ މިސްކިތެއްގެ އިތުރުން، ނާބުލުސްގެ މިސްކިތެއްގައިވެސް ހުޅު ޖަހާ ރޯކޮށްލާފައެވެ. އަދި 2009 ވަނަ އަހަރު ޔަހޫދީން ވަނީ، ހުޅަނގު އައްސޭރީގެ ސަލްފިތުގެ މިސްކިތެއްގައިވެސް ހުޅުޖަހާފައެވެ.

















ކިހާދެރަކަމެއް. ތިމީހުންގެ ބަލާއިން މުސްލިމުން ސަލާމަތް ކުރައްވާށި. ރައީސް ނަސީދުއަށް އަދިވެސް އިޒުރޭލު މީހުން ވަރެއްނެތިގެން އުޅޭނެ. ހިތާމަ ހުރި އެވެރިން މިގައުމަށް އަރައިފިއްޔާ މިގައުމުގަ ހުރި މިސްކިތްތަކުގައި އެބައިމީހުން ހުޅުޖަހާފާނެ.
ޔަހޫދީންނާއި ނަސާރާއިންގެ ކަމަކީ މިހާރު ހުސް މުސްލިމުން މެރުން.ހުޅަނގުގެ ގައުމުތަކުގާ އިސްލާމްދީން ފެތުރެމުންދާލެއް ހަލުއިކަމުން އެމީހުންނަށް ވިސްނިފައޮތީ މުސްލިމުން އިސްލާމްދީން ދޫކޮށް އެމީހުންގެ ދީންތަކަށް ވެއްދުމަކީ ނިކަން ބުރަބޮޑު އަދި އެހާމެ ޚަރަދުވެސް ބޮޑުކަމެއްކަމުގަ.އެމީހުންނަށް އިނގޭ މިހާރު ދުނިޔޭގައޮތް އެންމެބޮޑދީނަކީ އިސްލާމްދީންކަން.ނަމަވެސް އެމީހުންގެ މީޑިޔާތަކުން މިކަން ހާމަނުކުރަނީ.އެހެންވެ އެކަން ސިއްރުކޮށް މުސްލިމުންގެ އަދަދު މަދުކުރަން މުސްލިމު ގައުމުތަކަށްއަރާ މުސްލިމުން މަރަމުންދަނީ.މިއީ ހަގީގަތަކީ.
މިފަދަ އަނިޔާވެރި ބަޔަކާތަ އެމްޑީޕީ ސަރުކާރުން މިގުޅުން ބަދަހިކުރަނީ؟ ތިޔަ މީހުން މިޤައުމަށް އަރުވައިފިނަމަ ދިވެހި މުސްލިމުންނަށް ވަރަށް ބިރުބޮޑު
ހުސޭނަކައް ނޭގޭތަ މިގައުމުގައި މިހާރުވެސް އިޒުރޭލް ރައްޔިތުން އުޅޭކަމެއް. ހުސޭނައް އެބަފެނޭތަ މިގައުމުގައި ހުރި މިސްކިއްތަކުގައި އެމީހުން ހުޅުޖަހާތަން . އިޒުރޭލް ވަރެއް ނެތިގެން އުޅެނީކީ ރައީސް ނަޝީދުއެއްނޫން މިނިވަން ގައުމެއްގެ ގޮތުގައި އޮތް އިޒުރޭލުގެ ވަށާގެން ތިބި އަރަބި ގައުމުތަކުގެ ވެރިންނާއި އެގައުމުތަކުގެ ރައްޔިތުން. އިޒުރޭލައް ފާޑުކިޔަން ދިވެހިންމީ ކޮންބައެށް.
ޝިޒޫ ބުންޏަސް ފާތުމަ ބުންޏަސް ތެދެއްވާނީ ހަމަ ތެދަކަށް.