ދިއިސްލާމްދުނިޔެ

ޙަރަމްފުޅުގައި ތަރާވީޙް ނަމާދުގައި ކުރާނީ ދިހަ ރަކުއަތް

ކުރިއަށް އޮތް ރަމަޟާން މަހު ޙަރަމްފުޅުގައި ތަރާވީޙު ނަމާދުގައި ކުރާނީ 10 ރަކުއަތްކަމަށް ސައޫދީ އަރަބިއްޔާގެ ސާރުކާރުން ކަނޑައަޅައިފިއެވެ. އާޢްމުކޮށް ރަމަޟާން މަހު ޙަރަމްފުޅުގައި ކުރާ ތަރާވީޙު ނަމާދުގައި 20 ރަކުއަތް ކުރަމުން އާދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ހާއްސަ ފިޔަވަޅުތަކެއް އަޅާފައި ވާތީ ޙަރަމްފުޅުގައި އަމަލުކުރާނެ އުސޫލުތައް ހާމަކުރައްވަމުން މަސްޖިދުލް ޙަރާމާއި މަސްޖިދުލް ނަބަވީ ބަލަހައްޓާ އިދާރާގެ އިސްވެރިޔާ ޝައިޚު އަބްދުލް ރަޙްމާން އަލްސުދައިސް ވިދާޅުވީ މިފަހަރު ރަމަޟާން މަހު ޙަރަމްފުޅުގައި ތަރާވީޙާ ވިތުރު އާއިއެކު ކުރާނީ ޖުމްލަ 13 ރަކުއަތްކަމަށެވެ.

މިއަހަރު ހަރަމްފުޅަށް ވަދެވޭނީ ވެސް މިސްކިތަށް ވަދެވޭނީ އެކަމަށް ހުއްދަދިނުމަށް އާއްމުކޮށްފައިވާ އެޕުން ހުއްދަ ހޯދާ ފަރާތްތަކަށް އެކަނިކަމަށްވެސް ސުދައިސް ވިދާޅުވިއެވެ.

މިސްކިތަށް ނަމާދަށް އަންނަ މީހުންނަށް ހުޅުވާލާފައިވަނީ މިސްކިތަށް އިތުރުކުރި ބައިގެ ފުރަތަމަ ފަންގިފިލާއާއި ޓެރަސްގެ އިތުރުން މިސްކިތުގެ ކޮމްޕައުންޑެވެ. ގެފުޅު ހުންނަ މަތާފް ސަރަހަދަށް ވަދެވޭނީ ހަމައެކަނި އުމްރާގެ އަޅުކަމަށް ދާ ފަރާތްތަކަށް އެކަންޏެވެ. އެހެންނަމަވެސް އުމްރާއަށް ދާ މީހުންނަށްވެސް ގެފުޅުގައި އަތްލާ ބޮސްދީ ހެދުންވަނީ މަނާކޮށްފައެވެ.

މިފަހަރުގެ ރަމަޟާން މަހު ޙަރަމްފުޅުގައި ރޯދަވީއްލުމަށް ސުފުރާތައްވެސް ހެދުންވެސް ވަނީ ސައުދީ ސަރުކާރުން މަނާކޮށްފައެވެ. މީގެއިތުރުން މިސްކިތުގައި އިއުތިކާފަށް އިނުންވެސް މިފަހަރު ވަނީ މަނާކޮށްފައެވެ. އަދި މި ނިންމުން ފަހު ދިހައެއްގައިވެސް ދެމި އޮންނާނެކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

ޙަރަމް ދާ މީހުންނަށް މިސްކިތުގެ އެކި ސަރަހައްދުގައި ޒަމްޒަމް ފެން ލިބޭ ގޮތަށް އާއްމުކޮށް ހުރި ނަމަވެސް އެކަމަަށްވެސް ސައުދީ ސަރުކާރުންވަނީ މި ރޯދަމަހު ބަދަކު ގެނެސްފައެވެ. މިގޮތުން މިސްކިތަށް އަރާ މީހުންނަށް ޒަމްޒަމް ފެން މިފަހަރު ދޭނީ ވަކިވަކި ފުޅީގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *