ދުނިޔެ މިޞްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެކަކު މަރުވެއްޖެ

މިޞްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެކަކު މަރުވެއްޖެ

މިޞްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެކަކު މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޞްރުގައި ހިނގަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތަކުގައި އެކަކު މަރުވެއްޖެކަމަށް، އެ ޤައުމުގެ އެކްޓިވިސްޓުންނާއި ހަވާލާދީ، ބުނެފިއެވެ.

އެއްވެފައިވާ ގިނަ ބަޔަކު ގޮވާލާފައިވަނީ މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އަލް ސީސީގެ އިސްތިއުފާއަށެވެ. ގިނަ ބަޔަކު ބައިވެރިވެފައިވާ "ހުކުރު ރުޅިގަނޑު"ގެ ނަމުން ނަންދެވިފައިވާ މި އެއްވުން، ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު ވަނީ ވެރިރަށް ކައިރޯގެ އިތުރުން މިޞްރުގެ ދެކުނުގެ ގިނަ ސިޓީ ތަކުގައި ކުރިއަށް ގެންގޮސްފައެވެ.

މީސްމީޑިޔާގައި ދައުރުވަމުން އަންނަ ވީޑިޔޯ ކްލިޕްތަކަށް ބަލާއިރު، ގިނަ ޢަދަދެއްގެ މުޒާހަރާގެ ބައިވެރިން ވަނީ އަލް ސީސީގެ އިސްތިޔުފާއަށް ގޮވާލައި، ބިރުން ނުތިބެ މިކަމާދެކޮޅަށް ތެދުވުމަށް އަޑުހަރުކޮށް ގޮވާފައެވެ. އަދި މަގުތައް ބަންދުކުރުމުގެ ގޮތުން ޓަޔަރު ފަދަ ތަކެތި ރޯކޮށް، މަގުތައް ބަންދުކުރާ ވީޑިޔޯއެއްވެސް ވަނީ ޢާންމުވެފައެވެ.

ޑާމިއެއްޓާ ސިޓީގެ ކަފްރް ސާދް ސަރަހައްދުން ޢާންމުވެފައިވާ ވީޑިޔޯއަކަށް ބަލާއިރު، ސިފައިންވަނީ ބަޑިފަދަ ތަކެތި މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް ދުރުކުރުމުގެ ގޮތުން ދިއްކޮށް ހަދާފައެވެ.

އަލް ބިލްދާ ސަރަހައްދުގައި ސާމީ ވަގްދީ ބަޝީރް ނަމަކަށް ކިޔާ25 އަހަރުގެ ޒުވާނެއް މަރާލާފައިވާ ކަމަށް އަލް މައުކިފް އަލް މަސްރީ ނަމަކަށް ކިޔާ ފޭސްްބުކް ޕޭޖެއްގައި ވަނީ ބުނެފައެވެ. މި ޕޭޖަކީ، މިޞްރުގެ އިދިކޮޅު އެކްޓިވިސްޓުން ހިންގާ ޕޭޖެކެވެ.

ގިނަ ސަރަހައްދުތަކުގައި މި މުޒާހަރާތައް ރޭގަނޑާއި ހަމައަށް ދެމިގެން ދިޔައިރު، އެސޯސިއޭޓެޑް ޕްރެސްއިން ބުނާ ގޮތުގައި ގިނަ ޢަދަދެއްގެ ބަޔަކު މި އެއްވުންތަކާއި ގުޅިގެން ވަނީ ހައްޔަރުކޮށްފައެވެ.

ޓެގް

މިޞްރު މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.