ދުނިޔެ ކިތަންމެ ހިތްދަތި އަދި ކަންބޮޑުވެފައިވާ ހާލަތުގައި ވެސް ޢާއިލާއަށް ލޯބި ދިނުމުގައި އިހުމާލުނުވޭ: މުފްތީ މެންކް

ކިތަންމެ ހިތްދަތި އަދި ކަންބޮޑުވެފައިވާ ހާލަތުގައި ވެސް ޢާއިލާއަށް ލޯބި ދިނުމުގައި އިހުމާލުނުވޭ: މުފްތީ މެންކް

Kithamme Hidhathi Adhi Kan Bodu Vefaivaa Haalathugai Ves Aailaa Ah Loabi Dhinumugai Ihumaalu Nuvaasheve

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކިތަންމެ ކަންބޮޑުވެ ހިތްދަތި ވެފައިވާ ހާލަތުގައި ވެސް ޢާއިލާއަށް ލޯބި ދިނުމުގައި އިހުމާލު ނުވުމަށް މުފްތީ މެންކް އިލްތިމާސްކުރައްވައިފިއެވެ.

މުފްތީ މެންކް ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު އަދި އެންމެ ހެޔޮ މީހަކީ އެމީހެއްގެ އަނބިމީހާ އަށް އެންމެ ހެޔޮ މީހާ ކަމަށް ރަސޫލާ މުހައްމަދު ސައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީޘެއްގެ މާނައިގައިވާކަމަށާއި އޭގެ މާނައަކީ އަނބިމީހާގެ ހައްޤުތަށް އަދާކޮށް ދަރީންގެ މައްޗަށް އަދާކުރަން ޖެހޭ ވާޖިބުތަށް އަދާކުރަންޖެހޭނެ ކަމަށެވެ.

ފިރިހެނެއްގެ ހަގީގަތް އޮޅުން ފިލުވަން އޭނާގެ އަނބިމީހާއާއި ސުވާލުކުރުމަށާއި، އަދި އަންހެނެއްގެ ހަޤީޤަތް އޮޅުން ފިލުވަން އޭނާގެ ފިރިމީހާއާއި ސުވާލުކުރުމަށް ހަދީޘް ކުރައްވާފައިވާ ވާކަން ވެސް މުފްތީ މެންކް ވިދާޅުވެފައިވެއެވެ.

ނިންމާލަމުން ވިދާޅުވަނީ ބައެއް މީހުންނަކީ ގެއިން ބޭރުގައާއި، އަދި އެމީހުންގެ ވަޒީފާތަށް ވަރަށް ރަނގަޅަށް އަދާކުރާ ބައެއް ކަމަށާއި ނަމަވެސް ވަޒީފާގައި ޖެހޭ ބައެއް މައްސަލަތަކުން ލިބޭ ގެއްލުމުން ސިކުނޑިއަށް ކުރާ ބާރު ނުވަތަ ސްޓްރެސްތަށް ފިލުވާލަނީ އެމީހުންގެ ޢާއިލާގެ މީހުންނަށް ނުވަތަ އެމީހުންގެ ގޭގައި ތިބޭ ބަޔަކަށް ކަމުގައެވެ.

އެހެންކަމުން ހަދީޘްގައި އެވާފަދަ މަތިވެރި ދަރަޖަ ހޯދުމަށްޓަކައި ރުޅި މަޑުކޮށް އާއިލާއަށް ލޯބިދީ ހެޔޮކޮށް ހިތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ޢާއިލާ ކުރި އަރައިގެން ދާނެ ކަމެއް ކަމުގައި ވެސް މެންކު ވިދާޅުވިއެވެ.

ޓެގް

ދަރުސް ޚަބަރު ދީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.