ދުނިޔެ

ދުނިޔެ މިއަދު މިއޮތް މުސީބާތަށް ވިސްނާލާއިރު ޤިޔާމަތް ދުވަހުގެ ހާލަކީ ކޮބާ: މުފްތީ މެންކް

ކޮރޯނާ ވައިރަސްގެ ވަބާގެ ސަބަބުން މުސްލިމުން ކަންކުރަންވީގޮތް މިމަޢުލޫއަށް ސައުތް އެފްރިކާގެ އިސްލާމިކް ރޭޑިއޯއެއްކަމަށްވާ ސީއައިއައި ރޭޑިއޯއިން ގެނެސްދޭ ލައިފްސްޓައިލް ވިތް ސަރީފާ ކާކާ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން މެންކް ވިދާޅުވީ ދުނިޔެ މިއަދު މިއޮތް މުސީބާތަށް ވިސްނާލާއިރު ޤިޔާމަތް ދުވަހުގެ ހާލަކީ ކޮބާތޯ ސުވާލު ކުރައްވާފައެވެ.

މިއަދު ފެންނަމުން މިދަނީ އެކަކު އަނެކަކު ހާސްވެގެން ކޮޅު ކޮޅު މައްޗަށް ދުވާތަން ކަމަށާއި ކުޑަ ކުޑަ ވައިރަހެއްގެ ސަބަބުން މުޅި ދުނިޔެ ހުއްޓިފައިވާކަން މެންކް ފާހަގަ ކުރެއްވިއެވެ.

އިސްލާމްދީނުގެ ރިވެތި އުސޫލުތައް ބުނެދީ، ދީނީ މައުލޫމާތު ޒުވާން ޖީލަށް ފޯރުވައިދިނުމަށް ސޯޝަލް މީޑިއާގައިވެސް ވަރަށް ހަރަކާތްތެރި އިލްމުވެރިޔާ އިތުރަށް ބުނެފައިވަނީ މިދުނިޔޭގައި އުޅެމުންދާއިރު ދިމާވާ ކޮންމެ މުސީބާތަކީ ކުރިން ލިއުއްވާފައިވާ ކަންތައްތައް ކަމަށާއި މިފަދަ ޙާލަތްތަކުގައި މާތްﷲ އަށް ‏ފުރިހަމައަށް ތަވައްކަލް ކުރަންޖެހޭ ކަމަށް މުފްތީ މެންކް ވަނީ ވިދާޅުވެފައެވެ.

އަދި މިފަދަ ކަންތައްތަކުން ރައްކާތެރި ކަން ހޯދުން އެއީ ފަރުދީގޮތުން ކުރަން ޖެހޭ ކަމެއްކަމަށާއި، މާތް ﷲ ވަހީކުރައްވާފައިވަނީ އިންސާނުންގެ ޒިންމާތައް އިންސާނުން އަދާ ކުރުމަށެވެ. މުސީބާތްތަކުން ދައްކާތެރިކަން ދެއްވަނީ މާތް ރަސްކަލާނގެ ކަމަަށާއި މުސީބާތުން ރައްކާތެރިވާން މަސައްކަތް ކުރުމަކީ އިންސާނުންގެ ކުރަންޖެހޭ ކަމެއްކަމަށެވެ. އެގޮތުން ސަބަބުގައި ހިފަން މެންކް ވަނީ ގޮވާލާފައެވެ.

އެންމެން އެކީ މަސައްކަތް ކޮށްފިނަމަ މާތްﷲގެ އިރާދަފުޅާއިއެކު ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މިކަމަށް ނިމުމެއް އަތުވެދާނެ ކަމަށާއި ޗައިނާ މިސާލެއްގެ ގޮތުގައި ބެލުމަށް މުފްތީ މެންކް ވިދާޅުވިއެވެ. ހަލުވިކަމާއި އެކު ޗައިނާއިން ވައިރަސް ފެތުރުނު ނަމަވެސް މިއަދު މިވަނީ ޗައިނާއިން ވައިރަސް ގެ ކިބައިން ސަލާމަތް ވެވިފައި ކަމަށާއި، ޖަމާއަތުގައި ނަމާދު ކުރުން ލަސްކޮށްލަން މިޖެހޭނީ ވަގުތީ ގޮތުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.

ހެއްދެވި ފަރާތަށް ތަވައްކަލް ކުރަންޖެހޭނެ ކަމަށް ބުނެ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ނުރައްކަލުގެ ތެރެއަށް ހުށައެޅުން މިއީ އިސްލާމްދީނުގައި މިކަން އޮންނާނެގޮތް ނޫންކަމަށް މުފްތީ ވަނީ ފާހަގަ ކުރައްވާފައެވެ. ހުރިހާކަމެއްގައިވެސް އެއިލާހަށް ތަވައްކުލް ކުރުން އެއީ އޮތްކަމެއް ކަމަށާއި މީގެއިތުރުން ދުނިޔޭގައި އުޅެމުންއަންނަައިރު ކަންތައްތަކުން ރައްކާތެރި ވުމުށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކަމާބެހޭ ފަރާތްތަކުން ރައްކާތެރި ކަމަށް އަޅާ ފިޔަވަޅުތަކަށް ބޯލެންބުމަކީ އޮތް ކަމެއްކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކުރޯނާ ވައިރަސް އާއި ގުޅިގެން ދިމާވާ ފައިސާގެ ދަތިކަމާއި ގުޅިގެން ބޭކާރު ހަރަދާއި އިސްރާފް ކުޑަކުރަން ވަނީ ވިދާޅުވެފައެވެ. އަދި މިވައިރަހުގެ ސަބަބުން ގޭގައި ތިބެން ޖެހުމާއި ގުޅިގެން ދިމާވާ ނަފްސާނީ މައްސަލަ ތަކަށްވެސް ވަނީ އަލިއަޅުވާލާފައެވެ. ގޭގައި އާއިލާއާއިއެކު ތިބޭއިރު ދުއާ ކުރުމާއި އަޅުކަން ކުރުން ގިނަކުރަން ވަނީ އެދިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ