މިޔަންމާގެ ސަލާމަތީ ބާރުތަކުންނާއި ޓެރަރިސްޓް ބުޑިސްޓުން މިޔަންމާގެ ބައިމަދު ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް މިފަހުންފެށި ލާއިންސާނީ ހަމަލާތަކަށް މަހެއް ވެފައިވާ ވާއިރު މިހަމާލާތުން އެގޮތުންނާއި މިގޮތުން ސަލާމަތްވެގެން އަވަށްޓެރި ބަންގްލަދޭޝްއަށް ދިޔަ މުސްލިމުންވަނީ އެމީހުންގެ ހިތްދަތި ތަޖުރިބާތައް ޚަބަރު ފަތުރާ ވަސީލަތްތަކާއި ހިއްސާކޮށްފައެވެ.
އެގޮތުން މިފަހަރު މިގެނެސްދެނީ އުމުރުން 20 އަހަރުގެ ރަޖުމާ ބޭގަމްއާއެމެދު މިޔަންމާގެ ސަލާމަތީ ބާރުތަކުން ކަންތައްކުރި ގޮތުގެ ހިތްދަތި ވާހަކަތަކެވެ.
ރަހުމު ކުޑަ ސިފައިން އަވަށުގައި ދިރިއުޅެމުންދިޔަ ރައްޔިތުން ކޯރުގެ އައްސޭރި ފަށަށް ގެންދިޔައެވެ. އަދި އެތަނުގައި އަންހެނުންނާއި ކުޑަކުދިންގެ ތެރެއިން ފިރިހެނުން ވަކިކޮށް އެމީހުން ގަޔަށް ބަޑިޖަހާ މަރަމުން ގެންދިޔައެވެ.
އަދި އަންހެނުންގެ ތެރެއިން ފަހެއް ނުވަތަ ހަތް މީހުން އެކުލެވޭ ގޮތަށް ގްރޫޕް ގްރޫޕަށް އެތަނާއި ދުރަށް މީހުން ގެންދަން ފެށިއެވެ. އޭރު ރަޖުމާ ބޭގަމް ހުރީ އޭނާގެ އެއްއަހަރާއި ހަތަރު މަސްވީ ފިރިހެން ދަރިފުޅު މުޙައްމަދު ސިއްދީޤް އުރައިގެންނެވެ.
"އެމީހުން އަހަރެންނާއި އިތުރު ހަތަރު އަންހެނުންނާއެކު ގެންދިޔައީ ގެއެއްގެ އެތެރެއަށް. އެމީހުން އަހަރެން އުރައިގެންހުރި ދަރިފުޅު އަހަރެންގެ އަތުން ޖަހައިގަނެ ބިން މައްޗަށް އެއްލާލި. އަދި ދަރިފުޅުގެ ކަރު ބުރިކޮށްލި" ވޭނީ ރުޔުމާއެކު ދެއަތުން މޫނު ފޮރުވާލަމުން ރަޖުމާ ކިޔައިދިނެވެ.
"މަންމާ އޭ ގޮވާލާނެ އަޑު އިވޭތޯ އަހަރެން މިވަނީ ކެތްމަދުވެފައި. އަހަރެންގެ 10 އަހަރުވީ ފިރިހެން ކޮއްކޮވެސް އެމީހުން ގެންދިޔަ. އަހަރެންނަށް ކޮއްކޮ ސަލާމަތް ކޮށެއް ނުދެވުނު"
މިޔަންމާ ސިފައިން ރަޖުމާ ގެންގޮސްލީ ކޮޓަރީގައި އިތުރު ތިން މަންމައިންނާއި ޒުވާން އަންހެން ކުއްޖެއްގެ އިތުރުން 50 އަހަރުގެ އަންހެނަކުވެސް އިނެވެ. އަދި 50 އަހަރުގެ އަންހެންމީހާ ނޫން އެންމެން މިޔަންމާ ސިފައިން އެކޮޓަރި ތެރޭގައި ރޭޕްކުރިއެވެ. ރަޖުމާ އާއި މެދުވެސް ސިފައިންގެ ދެމީހަކު ދޭއް ނުވަތަ ތިން ގަޑި އިރުވަންދެން އެމުޑުދާރު އަމަލުވަނީ ހިންގާފައެވެ.
އެއަށްފަހުގައި ދަނޑި ބުރި ތަކުން މަރުވަންދެން އަންހެނުންގެ ގައިގައި ތަޅަމުން ގެންދިޔައެވެ. މަރުވިތޯ ޔަގީންކުރަން ދެތިން ފަހަރު ބައްތި އަލިކޮށްގެން ބަލަންވެސް ބެލިއެވެ. އަދި އެތަން ތަޅުލުމަށްފަހު ވަށައިގެން އަލިފާންޖެހިއެވެ.
ރަޖުމާއަށް ހޭވެރިކަންވީ ރޯވެފައިވާ އަލިފާންގަނޑުގެ ހޫނުންނެވެ. އެއާއެކު އޮނުން ހަދާފައިވާ ފާރުގެ ތެރެއިން ސަލާމަތްވެ ފަރުބަދަތަކުގެ ތެރޭގައި އެއްދުވަސްވަންދެން ފިލާ އޮތެވެ. އަނެއްދުވަހު އޭގެ އަނެއްފަރާތުން ރަޖުމާގެ އަވަށުގައި ދިރިއުޅުނު ތިން އަންހެނަކާއި ޔަތީމް ކުއްޖަކާއި ދިމާވިއެވެ.
ރަޖުމާއަށް އައުރަ ނިވާ ކުރެވުނީވެސް ބަންގްލަދޭޝްއަށް ދަތުރުކުރި މުސްލިމުން އަތުން ދޫވެފައިހުރި އަންނައުނު އެއްކޮށްގެންނެވެ.
ބަންގްލަދޭޝްގެ ރައްޔިތެއްގެ އެހީގައި ރަޖުމާއަށް އެޤައުމަށް އެތެރެވެނުނެވެ. އަދި ލިބިފައިވާ ޒަޚަމްތަކަށް އެޤައުމުގެ ކްލިނިކަކުން ފަރުވާހޯދިއެވެ. އަދި އޭނާގެ ފިރިމީހާ މުޙައްމަދު ރަފީޤްއާއެވެސް ދިމާވިއެވެ. މުހައްމަދު ރަފީޤްވަނީ މިޔަންމާ ސިފައިންގެ އަތްދަށުން ސަލާމަތްވެ ކޯރުގައި ފަތާފައި ބަންގްލަދޭޝްއަށް އައިސްފައެވެ.
"މިޔަންމާ ސިފައިންވަނީ އަހަރެންގެ އާއިލާގެ ހަތް މެމްބަރުން ޤަތުލުކޮށްފައި. ދެ އަންހެން ކޮއްކޮ ޤަތުލުކުރީ އެކުދިންގެ އިއްފަތް ފޭރުމަށްފަހު. މިހާރު އަހަރެންގެ އާއިލާގައި މިތިބާ އަހަރެންނާއި ބޭބެއާއި ފިރިމީހާ އެކަނި" ރަޖުމާ ކިޔައިދިނެވެ.
މައުލޫމާތު ނަގާފައިވަނީ އަލް ޖަޒީރާއިން

















Ya ALLAH miyanma ga aniya libi gathulukohlewunu
iba ALLAH ge hazrathah gendhevunu muslim ehmenah suwarugeyge dhaaimee niumai minvaru kurahwa waandgeyve aameen
Adhi aniyaain salaamai wi ehmeha muslimunnah kehtheri
Kamaa heyo ufaaweri dhe dhuniyeyge naseeb dhehwa waa faandheywe aameen
Adhi iba ALLAH ge kofa hahguwefaiwaa hahdhufahana
Alhaafaiwaa miyanmaage budhistunah kofa lahwawaandhywe aameen ya ALLAH