ނީލަމެއްގައި އޮންނަ ފިނިފެންމަލުގެ ޢިއްޒަތަކީ ކޮބާ؟

ނީލަމެއްގައި އޮންނަ ފިނިފެންމަލުގެ ޢިއްޒަތަކީ ކޮބާ؟
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ޖަހާލަތުގެ އަނދިރިކަމުން މުޅި ކައުނު އަލިކޮށްދެނިވި ވޮށެއްކަމުގައި ނޫރުލް އިސްލާމް ވީހިނދު، އެ މާތް ދީނުގެ އެންމެ މައިގަނޑު އެއް ބަހާއެއް ކަމުގައި ވެފައިވަނީ ކަނބަލުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމެވެ. ޖާހލިއްޔަ ޒަމާނުގައި އަންހެން ކަނބަލުންނަކީ ޖިސްމާނީ ލައްޒަތެއް ޙާޞިލްކުރުމުގެ ވަޞީލަތެއްކަމުގައި ދެކުންނަމަވެސް މާތް ވެގެންވާ އިސްލާމް ދީން އެކަނބަލުން ޢިއްޒަތްތެރި ކުރުވިއެވެ. ވާރުތަ މުދަލުން އެކަނބަލުންގެ ޙިއްސާ ކަނޑައެޅުއްވިއެވެ. ދިރިއުޅުމާއި ދިރިހުރުމުގެ ޙައްޤު އެކަނބަލުންނަށް ކަށަވަރުކުރެއްވިއެވެ. ޙައިޟު ނިފާސްކަމުގެ ދުވަސްވަރުގައި އެކަނބަލުންނަކީ ނަޖިސް ބައެއްގެ ގޮތުގައި ޖާހިލީ ޒަމާނުގައި ދެކުނަސް، އިސްލާމް ދީން އެކަން މަނާކުރައްވާ އެކަނބަލުންނީ ޠާހިރު ބައެއްކަމުގައި ލެއްވިއެވެ. މިދެންނެވި ޙައްޤުތަކުގެ އިތުރުން ތަޢުލީމު އުނގެނުމާއި ވިޔަފާރި ކުރުމާއި ދުނިޔެވީ ރިވެތި އުޅުމެއް ވެއަތުކުރާނެ ޙައްޤުވެސް ދެއްވިއެވެ. މި ޙައްޤުތަކުގެ އިތުރަށްވެސް، އެންމެ އިސްކަމެއް ދެއްވާފައިވާ ޙައްޤަކީ އެކަނބަލުންގެ އަބުރާއި ޢިއްޒަތަށެވެ. އޭ އުޚްތާއެވެ! އިސްލާމްދީން ތިޔަ އުޚްތުންނަށް މިދެންނެވި ޙައްޤުތައް ދެއްވާފައިވީއިރު ނީލަމެއްގައި އޮންނަ ފިނިފެންމަލަކަށް ވެނުލައްވާށެވެ!

އުޚުތާއެވެ! ކަމަނާއަކީ އުއްމަތުގެ ދިރުމެވެ. އުއްމަތުގެ އުއްމީދެވެ. އުއްމަތް އަލިކުރާ އުއްމީދުގެ ހުޅުކޮޅެވެ. އެއީ ކީއްވެހެއްޔެ؟ ކަމަނާގެ ތިޔަ ނިޔަނެތި އަތްތަކުން މި އުއްމަތުގެ އެތައް މުޖާހިދުންނާއި މުޢައްލިމުންނާއި އެދުރުން ތަރުބިއްޔަތު ކުރަމުއެވެ. ކަމަނާ ދެއްވާ ފުރިހަމަ ތަރުބިއްޔަތުގެ ނަތީޖާއަކަށް ވެގެންދަނީ، މަކާރިމުލް އަޚްލާޤުގެ މަތިވެރި ފިލާވަޅުތައް ދަސްވެފައިވާ، ތަރުބަވީގޮތުން ކިޔަމަންތެރި ދަރިންތަކެއް މި އުއްމަތް ދިފާޢުކުރުމަށްޓަކައި ތިބުމެވެ. އެނގޭ ހެއްޔެވެ؟ ކަމަނާ އެ ދަރިންނަށް އުނގަންނައިދެއްވާ ކޮންމެ ފިލާވަޅަކީވެސް، މާދަމާ މި އުއްމަތް އެ ފިލާވަޅުތަކުން ޢިބްރަތް ޙާޞިލްކުރާނޭ ފިލާވަޅުތަކެކެވެ. އެހެންނަމަވެސް، ނީލަމެއްގައި އޮތް ފިނިފެންމަލަކަށް ތިޔަ އުޚުތުން ވެއްޖެނަމަ، އެ ފިލާވަޅުތަކުން ޢިބްރަތް އަޅުގަނޑުމެން ޙާޞިލްކުރާނީ ކޮން ބީދައަކުން ހެއްޔެވެ؟

އުޚުތާއެވެ! ކަމަނާއަކީ ރާނީ އެކެވެ. އަގު ބޮޑު ޖަވާހިރެކެވެ. އިތާމުތައްވުރެ އަގު ބޮޑީ ކަމަނާގެ ކަރާމާތެވެ. ޢިއްޒަތެވެ. "ކޮހިނޫރު"ގެ ކުރިމަތީގައި ކަމަނާގެ ޢިއްޒަތް "އަގުބޮޑު"ވެގެންވެއެވެ. އެނގޭ ހެއްޔެވެ؟ ސުވަރުގެ ވަނީ ކަމަނާގެ ފައިތިލަ ދަށުގައެވެ. ދީނުގެ ދެބައިކުޅަ އެއްބަޔަކީ ކަމަނާއެވެ. ކަމަނާގެ ހެޔޮ ދުޢާއިން ކިތަންމެ މުޝްކިލް ކަމެއްވެސް މުމްކިން ވެދެއެވެ. އެނގޭ ހެއްޔެވެ؟ ބައްޕައަކަށް ލިބޭނެ އެންމެ ބޮޑު ހަދިޔާއަކީ ޢިއްފަތްތެރި އަންހެން ދަރިއަކު ތަރުބިއްޔަތު ކުރެވުމެވެ. ޢިއްފަތްތެރި ފިރިއެއްގެ އަތްމައްޗަށް ކަމަނާ ވެދުންކުރެމެވެ. ނަމަވެސް ކަމަނާގެ ރުހުމާއި އެކީގައެވެ. ކަމަނާ ލައްވާ ގަދަބާރުން އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް، ނީލަމެއްގައި އޮންނަ ފިނިފެންމަލަކަށް ކަމަނާ ވާންބޭނުންވަނީ ފަހެ ކީއްވެހެއްޔެވެ؟

މިއަދުގެ ދުނިޔެއަށް ނަޒަރު ހިންގާލާށެވެ. އަދުގެ އުޚުތުންގެ ޢިއްޒަތް ކޮބާހެއްޔެވެ؟ އެކަނބަލުންގެ ކަރާމާތް ކޮބާހެއްޔެވެ؟ އެކަނބަލުންގެ ޙައްޤުތައް ކޮބާހެއްޔެވެ؟ އިސްލާމްދީން ގެނެސްދެއްވީ މާ ހަރުކަށި ޙައްޤުތަކެއްކަމަށް ވަކާލާތު ކުރާ މީހުން އެކަނބަލުން އޮރިޔާން ކޮށްފިއެވެ. އެކަނބަލުން ފަޟީޙައްކޮށްފިއެވެ. އެކަނބަލުންގެ ކަރާމާތް ވެއްޔާ މޮޑެލައިފިއެވެ. އެ މުތުގެ އަގު ވައްޓާލައިފިއެވެ. އެ ރީތި ފިނިފެންމާ ނީލަމަށް ލައިފިއެވެ.

އުޚުތާއެވެ! ކަމަނާގެ ދެއަތްތިލައިން ނޫނީ މި އުއްމަތް ހެޔޮމަގަކަށް ނޭޅުވޭނެއެވެ. ކަމަނާގެ އުނގުން ނޫނީޤާބިލް ޖީލުތަކެއް ބިނާ ނުކުރެވޭނެއެވެ. ކަމަނާއަކީ އުއްމަތުގެ ދިރުމެވެ. ރޫޙެވެ. އުއްމަތުގެ ފަޚުރެވެ. ކަމަނާގެ ޢިއްޒަތަށާއި އަބުރަށް ހުތުރުވާ އެންމެ ބަހެއްވެސް، އެންމެ ލަފްޒެއްވެސް، އަޑު އަހާކަށް މި ކަންފަތްތަކަށް ކުޅަދާނައެއް ނޫނެވެ. ކަމަނާއެވެ. ތިޔައީ އަގުބޮޑު ޖަވާހިރެކެވެ. "ކޮހިނޫރަށް" ވުރެވެސް ކަމަނާގެ ޢިއްޒަތް މަތިވެރިއެވެ. ވީއިރު ނީލަމެއްގައި އޮންނަ ފިނިފެންމަލަކަށް ތިޔަ ވެވަޑައިގަންނަވަނީ ކީއްވެހެއްޔެވެ؟

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.