ދުނިޔެ

ފަލަސްތީނުގެ 100 އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލައިފި

ފަލަސްތީނުން އިސްރާއިލަށްދޭ ރޮކެޓް ހަމަލާތައް ހުއްޓުވުމުގެ ނަމުގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިސްރާއިލުން ފަލަސްތީނަށް ދޭންފެށި ޓެރަރިސްޓު ހަމަލާތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ.

އިސްރާއިލުން އިއްޔެ އެކަނި ފަލަސްތީނަށް ދިން ހަމަލާތަކުގައިވެސްވަނީ ފަލަސްތީނުގެ 14 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފައެވެ. އިސްރާއިލުން މިހަމަލާތައް ދިފާއުކުރަމުން ބުނެފައިވަނީ މިއީ ހަމާސް ޖަމާއަތުގެ ޖަގަހަތަކަށް ދެމުންގެންދާ ހަމަލާތަކެއް ކަމަށެވެ. ނަމަވެސް، މިހަމަލާތަކުގައި ދަނީ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ޝަހީދުވަމުންނެވެ.

އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ހައިކޮމިޝަނަރ ނަވީ ޕިއްލޭ މިހަމަލާތައް ކުށްވެރި ކުރަމުން އިސްރާއިލަށް ގޮވާލައިފައިވަނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް އިސްރާއިލުން ބޯލެންބުމަށެވެ.

މި ލާއިންސާނީ އަމަލުތައް ހިންގާ އިސްރާއިލް ޓެރަރިސްޓް ޖަމާއަތް އިންސާފުގެ ކުރިމައްޗަށް ނުގެނެވޭ ކަމުގެ ސަބަބުން އދ އަށާއި ދުނިޔޭގެ ބޮޑެތި ބާރުތަކަށް ގިނަ ގައުމުތަކުގެ ރައްޔިތުން ދަނީ ފާޑުކިޔާ މުޒާހަރާތައް ބާއްވަމުންނެވެ. އަދި މިޓެރަރިސްޓް ހަމަލާ ތަކުގެ ޚަބަރުތައް ދުނިޔޭގެ ނަންމަޝްހޫރު ނިއުސް އެޖެންސީތަކުން ކަވަރު ކުރަމުން ނުދާތީ މިކަމުގެ ފާޑުކިޔުންތައްވެސް ދަނީ މިފަރާތްތަކާއި އަމާޒުވަމުންނެވެ.

މިހުރިހާ ކަމެއް މިހެން އޮތްނަމަވެސް އިސްރާއިލުން ބުނަމުންދަނީ ބޭރު ގައުމުތަކުގެ ފިންތުންތައްދެކެ ބިރު ނުގަންނަ ކަމަށާއި ހަމަލާތައް ހުއްޓައި ނުލާނެ ކަމަށެވެ. އަދި އެއްގަމު މަގުން ހަމަލާތައްދޭންވެސް ތައްޔާރަށް އޮތްކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ