ރާއްޖޭގެ ޚަބަރު ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފި

ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފި

ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކާއެކު، އެ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން މިއަދު ފަށައިފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދީނީ ދަޢުވަތުގެ ކަންކަން ރާއްޖޭގައި އިތުރަށް ހަރުދަނާކޮށް، ވުޒާރާއާއި ޖަމްޢިއްޔާތަކާ ދެމެދު ގުޅުން ބަދަހިކުރުމެވެ.

ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެއްޓެވުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިފަދަ ބައްދަލުވުމަކުން ދީނީ އެތައް ޖަމްޢިއްޔާތަކާއި ބައްދަލުވުމަކީ އުފާ ކުރައްވާކަމެއްކަމަށެވެ. ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ދީނީ ދަޢުވަތުގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނީ ވުޒާރާއާއި ޖަމްޢިއްޔާތައް ގުޅިގެން މަސައްކަތް ކުރައްވައިގެން ކަމަށެވެ.

މި ބައްދަލުވުމުގައި ޖަމްޢިއްޔާތަކާއި ގުޅޭ މުހިއްމު ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރުމާއި، ދާއިރާގެ ތަޖުރިބާކާރުންގެ ވާހަކަފުޅުތައް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކުރުމުގެ ފުރުސަތުވެސް ވަނީ ލިބިފައެވެ. އަދި ޖަމްޢިއްޔާތަކުން ދަޢުވަތުގެ ކަންކަމުގައި ޚިޔާލު ހުށައެޅުމުގެ ފުރުސަތުވެސް މި ބައްދަލުވުމުގެ ތެރެއިން ލިބިގެންދާނެއެވެ.

މި ބައްދަލުވުމަކީ ދީނީ ދަޢުވަތުގެ މަސައްކަތްތައް ރާއްޖޭގައި އިތުރަށް ހަރުދަނާކޮށް، ދީނީ ޖަމްޢިއްޔާތަކުގެ ދައުރު ފުޅާކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ޓެގް

އެންޖީއޯ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.