ރާއްޖޭގެ ޚަބަރު ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 ރަސްމީކޮށް ފަށައިފި

ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 ރަސްމީކޮށް ފަށައިފި

ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 ރަސްމީކޮށް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދާ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 ރަސްމީކޮށް ފަށައިފިއެވެ. މިއީ ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތައް އެއްތަނަކުން ބައްދަލުކޮށް، ދާއިރާގެ މުހިއްމު ކަންކަމާ މަޝްވަރާކުރުމަށް ވުޒާރާއިން ބާއްވާ ދެވަނަ ކޮންފަރެންސްއެވެ.

މި ކޮންފަރެންސް ފެށުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލާމުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޔަޙްޔާ އަލްޤަހްޠާނީއެވެ. މި ރަސްމިއްޔާތުގައި ޙައްޖު ޢުމްރާ ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ސަޢުދީ ޢަރަބިއްޔާއިން ވަޑައިގަންނަވާފައިވާ އަލްސަފްވާ ފައުންޑޭޝަންގެ ބޭފުޅުންވެސް ވަނީ ބައިވެރިވެލައްވާފައެވެ.

ޙައްޖު ޢުމްރާ ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މި ޚިދުމަތްދޭ ކުންފުނިތައް އެއް ތަނަކުން ބައްދަލުކޮށް، ދާއިރާއާއި ގުޅޭ މުހިއްމު ކަންކަމާއި މަޝްވަރާ ކުރުމާއި، ކުންފުނިތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތައް ހިއްސާކުރުމެވެ. މިއަހަރުގެ ކޮންފަރެންސްއާއެކު ޢުމްރާ ކުންފުނިތަކުން ދޭ ޚިދުމަތްތައް އާއްމުންނަށް ފޯރުކޮށްދިނުމަށްޓަކައި އެގްޒިބިޝަނެއްވެސް ވަނީ ހިމަނާފައެވެ.

މި އެގްޒިބިޝަން ކުރިއަށްދާނީ މިއަދު ހަވީރު 17:00 އާއި ހަމައަށް އަދި ހުކުރު ދުވަހު (މާދަމާ) ހަވީރު 16:00 އިން 19:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގައެވެ. މިއަހަރުގެ ކޮންފަރެންސް އަދި އެގްޒިބިޝަންގައިވެސް މުހިއްމު މަޢުޟޫއުތަކަކަށް ޕެނަލް ޑިސްކަޝަންސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާހަކަފުޅުދެއްކުން، "ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ލުއިފަސޭހަކަން: ޚިދުމަތުގެ ފެންވަރު" މި މަޢުޟޫއަށް ހުށަހެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޓެގް

ޙައްޖު އުމްރާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.