ޖަރުމަނުގެ ސްކޫލުތަކުގެ ކަރިކިއުލަމްގައި އިސްލާމް ހިމެނުން އަވަސްކުރުމަށް ޖަރުމަނު ވިލާތުގެ އިންޓީރިއާ މިނިސްޓަރ، ތޯމަސް ޑި މޭޒިއާ ގޮވާލައްވައިފިއެވެ.
ޖަރުމަނު ވިލާތުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނަރެމްބާގުގައި އޮތް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، މި އަންނަ އަހަރުން ފެށިގެން ސްކޫލުތަކުގެ ކަރިކިއުލަމްގައި އިސްލާމް ހިމަނާ ކިޔަވައިދޭން ފެއްޓުމަށް ސްކޫލުތަކަށް، މިނިސްޓަރ ތޯމަސް ވަނީ ގޮވާލައްވައިފައެވެ. ޖަރުމަނުގެ ގިނަ ސްކޫލުތަކެއްގައި މިހާރުވެސް އިސްލާމް ކިޔަވައިދެމުން ދެއެވެ. ނަމަވެސް މިހާރު ޖަރުމަނުން ތައްޔާރުވަމުން ދަނީ، އެ ޤައުމުގެ ހުރިހާ ސްކޫލުތަކެއްގައި އިސްލާމް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފަށްޓާށެވެ.
ޖަރުމަނުގެ ހުރިހާ ސްކޫލުތަކެއްގައި، އިސްލާމް ކިޔަވައިދޭން ފެއްޓުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ފައިސާގެ ދަތިކަމާ، ތަމްރީނު ވެފައިވާ ޓީޗަރުން އެކަށީގެންވާވަރަށް ނެތުން ކަމަށް ޚަބަރު ލިބެއެވެ. ޖަރުމަން ވިލާތުގައި ގާތްގަނޑަކަށް ހަތަރު މިލިއަން މުސްލިމުން ދިރިއުޅެއެވެ. މީގެ ތެރެއިން 2.5 މިލިއަން މުސްލިމުންނަކީ ތުރުކީން އެ ޤައުމަށް ހިޖުރަ ކޮށްފައިވާ މީހުންނެވެ.
ޔޫރަޕުގެ ޤައުމުތަކުން އިސްލާމް ކަރިކިއުލަމްގައި ހިމެނުމަށް މަސައްކަތް ކުރަމުން ދާއިރު އަޅުގަނޑުމެންގެ ގައުމުން ފެންނަމުން މިދަނީ، އިސްލާމް މާއްދާ ސްކޫލުތަކުގެ ކަރިކިއުލަމުން ބޭރުކުރުމަށް ވަކި ބަޔަކު މަސައްކަތް ކުރަމުން ދާ މަންޒަރެވެ.

















ޚިޔާލު