ސްޓެފަން ޒޯލަކް ނަމަކަށް ކިޔާ ސްލޮވާކިއާގެ ފިރިހެނެއްގެ މޫނުމަތީގައި އުފެދިފައިވާ ޓިއުމަރެއް ނަގައިފިއެވެ.
10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ޓިއުމަރ ގެ ސަބަބުން މި މީހާގެ މޫނުމަތީގެ ބުރުސޫރަވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އަދި މި ޓިއުމަރގެ ސަބަބުން ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހޭކަމަށާއި މީހުންގެ ތެރެއަށް ނިކުމެއުޅޭ އިރު އެންމެންގެ ނަޒަރު ހުއްޓިފައި ހުންނަނީ އޭނާއާ ދިމާލަށް ކަމަށް އޭނާ ކިޔައިދިނެވެ.
ވަރަށް މަދުންނޫނީ ނުފެންނަ މި ބާވަތުގެ ޓިއުމަރ ގެ ސަބަބުން ފެޓްފައިބަރ އެއްވެސް ހިފެހެއްޓުމެއްނެތި ގިނަވެ ބޮޑުވަމުންދެއެވެ.
ފަސް ގަޑިއިރަށް ދިގު ދެމިގެންދިޔަ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލީ 6 ކިލޯގެ ޓިއުމަރ އެ މީހާގެ މޫނުމަތިން ނެގުމަށްފަހު ސްޓެފަން އާއި އޭނާގެ އާއިލާއަށް އުފާވެރިކަން ގެނެސްދެމުންނެވެ.

















ޚިޔާލު