އެމެރިކާގެ މުރާސިލުން ތަކެއް ހާމަ ކުރިގޮތުގައި ސީއައިއޭ އައި އެމް16 އެޖެންޓުން ސުރިޔާގައި ގަތުލް އާއްމުތަކެއް ހިންގާކަމުގެ މައުލޫމަތު ލިބިއްޖެއެވެ.
ޗިކާގޯގެ ލިޔުންތެރިޔާ އަދި ރޭޑިޔޯ ޕެރެސެންޓަރ ސްޓެފެން ލެންޑުމޭން ބުނިގޮތުގައި ސީއައިއޭ އާއި އެމް16 އެޖެންޓުންގެ ލަސްކަރެއް މިހާރު ވެސް ސޫރިޔާއަށް ހަމަލާ ދެމުން ދެއެވެ. ލިންޑުމޭން ބުނިގޮތުގައި މިކަމަކީ ބައްޝާރު އަސަދުގެ ރޭވުމުގެ މަތިން ކުރިޔަށް ދާ ކަމެކެވެ.
"އެއްވެސް ސައްކެއް ނެތް މީ އެމެރިކާއިން އަޑީގައި އޮވެގެން ކުރުވާކަމެއް، އަދި ވަރަށް ދަށް ފެންވަރެއްގައި އޮވެގެން ނޭޓޯވެސް ބައިވެރިވޭ، މީއީ މިދިޔަ އަހަރު ލީބިޔާގައި ވެސް ކަންތަށް ކުރި ގޮތް. އަދި މިއީ ފައިސާއާއި ހަތިޔާރު ދީގެން އެމީހުން ކުޅުވާ ގޭމް ޝޯއެއް" ސްޓެފެން ލެންޑުމޭން ކިޔާ ދިނެވެ.
ސޫރިޔާގެ ދުވަސް ދުއްވާލުމަކީ އެމެރިކާގެ އެތައް އަހަރެގެ ހުވަފެނެއްގެ ގޮތުގައި ސިފަކުރަމުން ލެންޑުމޭން ބުނީ ތަނުގެ މަސްލަޙަތް ހަމަޖެއްސުމުގެ ގޮތުން އ.ދ ގެ އެކުލާވާލި ޕޭލޭންއަކީ ވެސް ކަންދެއްކުމަށް ކުރިކަމެއްކަމުގައެވެ. އަދި ކޯފި އަނާންއަކީ ވެސް މިކަމުގެ އަޑީގައި ހުރި ބޮޑު މީހެއްކަމުގައާއި ލިންޑުމޭން ވަނީ އޭނާ އާއި ބޭހޭ ގޮތުން އެއްތަށް ފޮތެއް ލިޔެފަކަމުގައި ލިންޑުމޭން ކިޔާދިނެވެ. ކޯފި އަނާން މިހާތަށް އެއްވެސް ގޮތެއްގައި ހިންގާ ގަތުލް އާއްމު ހުއްޓުވާފައި ނުވާ މީހެއްކަމުގައި ބުންޏެވެ. އަދި އޭނާއަކީ ބުނާ ބަހާ އަމަލާއި ދިމާނުވާ މީހެއްކަމުގައި ވެސް ލިންޑުމޭން ބުންޏެވެ.
ޖޫން 9 ވަނަ ދުވަހު ބޭއްވުނު އ.ދ ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ރަޝިޔާގެ ފޮރިންމިނިސްޓަރ ވަނީ ރަޝިޔާއިން ސޫރިޔާއާއި ދެކޮޅަށް ލަޝްކަރެއް ނުފޮނުވާނެކަމަށް ބުނެފައެވެ.
އިންސާނިޔަތާއި ހިލާފަށް ސޫރިޔާގައި ހިންގާ މިގަތުލް އާއްމުތަކަކީ ވަރަށް ބޮޑަށް ރޭވިގެން ކުރިއަށް ދާ ކަމެކެވެ.

















advertisment
ޚިޔާލު