ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

އިހްޔާ ފޯރަމްގައި މާދަމަ ރޭގެ ވާހަކަ ދައްކަވާނީ އުރުދުންގެ މަޝްހޫރު ޢިލްމުވެރިއެއް

ރަމްޟާންމަހުގެ ރޭތައް އިހްޔާކުރުމުގެ ޕްރޮގުރާމުގެ ދަށުން މާދަމާ ރޭ ބާއްވަން ހަމަޖެހިފައިފައިވާ ފޯރަމްގައި ވާހަކަފުޅު ދައްކަވާނީ އުރުދުންގެ މަޝްހޫރު ޢިލްމުވެރިޔާ ޕްރޮފެސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި "ޢާއިލާއަށް ކުރެވޭ އަނިޔާތަކާއި އޭގެ އަސަރު" މިމައުޟޫއަށް ޕްރޮފެސަރ ޙަސަން އަލް ޤުޞާތު ދެއްވާ ތަޤުރީރަށް ފަހު ވަޑައިގެންތިއްބެވި ބޭފުޅުންގެ ސުވާލުތަކަށް ޖަވާބުދެއްވުމުގެ ޝެޝަނެއް އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ދިއިސްލާމްއަށް ހާމަކުރައްވައެވެ. ސުވާލުތަކަށް ޖަވާބުދެއްވުމުގެ ޕެނަލްގައި ތިއްބަވާނީ ޕްރޮފިސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު އިތުރުން ޢަބްދުލްމަޖީދު ޢަބްދުލްބާރީއާއި، އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމާއި އައްޝައިޚް ފައްޔާޒް ޢަލިމަނިކާއި، އައްޝައިޚް ޢަލީ ޒާހިރު ބިން ޢަބްދުލް މަންނާނެވެ.

ޕްރޮފިސަރ ޕްރޮފިސަރ މުޙައްމަދު އަޙްމަދު ޙަސަން އަލްޤުޟާތު އަކީ ސައުދީ އަރަބިޔާގެ ޖިއްދާގައި ހުންނަ ކިންގް ޢަބްދުލްޢަޒީޒް ޔުނިވަރ ސިޓީއިން ފެކަލްޓީ އޮފް ޝަރީޢާ އަދި އެޑިއުކޭޝަންގެ ދާއިރާއިން ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ.  މާސްޓަރސް ހައްދަވާފައިވަނީ 1978 ގައި ކޮމްޕަރޭޓިވް ފިޤުހުއިން މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީންނެވެ. އަދި ޕީ. އެޗް. ޑީ ޙާސިލްކޮށްފައިވަނީ ހަމަ އެދާއިރާއިންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *