އޮގަސްޓު 27 ގައި އިސްލާމިކް ފައުންޑޭޝަން އިން ދަރުސްއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
އިސްލާކިމް ފައުންޑޭޝަން އިން ހާމަކޮށްފައިވާގޮތުގައި މިފަހަރުގެ ދަރުސް އޮންނާނީ އާރޓިފިޝިއަލް ބީޗް ގައި ކަމަށާއި މިފަހަރުގެ މައުޟޫއަކީ "މުޅި މަދީނާ އަނދިރި ވެއްޖެ' ކަމަށެވެ. ޝެއިހް ފަރީދު ދެއްވާ މިދަރުސް އޮންނާނީ 27 އޮގަސްޓް ގެ ރޭ 9.30 އިން 10.30 އަށް ކަމަށް އިސްލާމިކް ފައުންޑޭޝަން އިން ހާމަކުރެއެވެ.
މިފަހަރުގެ ދަރުސް އެމްއެންބީސީ ވަން އިން ލައިވް ނުކުރާނެކަމަށް އިސްލާމިކް ފައުންޑޭޝަން އިން ހާމަކުރެއެވެ. އެޖަމިއްޔާއިން ދިއިސްލާމްއަށް ހަބަރު ދޭ ގޮތުގައި މިފަހަރުގެ ދަރުސްވެސް ލައިވް ކުރުމަށް އެމްއެންބީސީއާއި ވާހަކަ ދެކެވުނު ކަމަށާއި އެހެންނަމަވެސް އެބޭފުޅުންނަށް ދަރުސް ދައްކަން ވަގުތު ދެވެން ނެތީ ކަމަށެވެ. އެޖަމިއްޔާއިން ލައިވްކުރަން ތައްޔާރަށް ތިބިނަމަވެސް ޓީވީއިން ޝެޑިއުލް ބިޒީކަމުން ވަގުތު ދެވެން ނެތިގެން ލައިވް ނުކުރީ ކަމަށެވެ.
އިސްލާމިކް ފައުންޑޭޝަން އަކީ ދާދިފަހުން އުފެދުނު ޖަމިއްޔާއަކަށް ވިޔަސް އެޖަމިއްޔާއިން ވަނީ ކުޑަ މުއްދަތެއްގެ ތެރޭގައި ވަރަށް ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އެގޮތުން ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކޮށް އެޖަމިއްޔާއިން ވަނީ ދަރުސްތައް ބާއްވާފައެވެ.
ތކަހަލަ އެއްޗެއް ދައްކާކަށް ވަގުތެއް ނުވާނެ. ރޯދަ މަހަކީ މަޖާ ކުރުމުގެ މަސް. އެހެންވީމާ ލަވަޔާއި ޑުރާމާ ދައްކާފައި ބާކީ ވަގުތެއް އޮތިއްޔާ ތިޔަ ކަހަލަ ކަންކަމަށް ވަގުތެއް ދެވޭނީ. ޑުރާމާ ހަދައިގެން ގެނައިމާ މިލިޔަނެއް ދީފައި ގަނެގެން ވެސް ދެއްކިދާނެ. އެކަމަކު ތިޔަކަހަލަ ކަންކަމަށް، ދައްކަން ބޭނުންވާ މީހުން މިލިޔަނެއްހާ ރުފިޔާ ދިނީމާ ހުސްވަގުތެއް އޮތިއްޔާ ދައްކައިދެވިދާނެ. ހަގީގަތަކީ މިއީ. އަދުގެ 100% އިސްލާމީ ގައުމުގެ ހާލަތު. ވީޓީވީ އާއި ވާހަކަ ދެއްކެވުން ރަނގަޅުކަމަށް ފެނޭ.
ehen tv akaa vaahaka dhehkun ragalhu