1431 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ގޮތުން ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުގެ ރެއާއި، ބުރާސްފަތި ދުވަހުގެ ރޭ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސިލްސިލާކޮށް ބާއްވަމުން ގެންދާ ފޯރަމްތަކުގެ ތެރެއިން މިރޭ 21:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިޙްޔާ ފޯރަމް-4" ގައި ތަޤްރީރުކުރައްވާނީ އައްޝައިޚް އިދުރީސް ޙުސައިން ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ "ރޯދަ އާއި ތަޤްވާ" މިމައުޟޫއަށެވެ. މިރޭވެސް ފޯރަމްގެ ބައިވެރިންނަށް ސުވާލުކުރުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވާ ޕެނަލްގައި މިރޭ ތިއްބަވާނީ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ، އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އައްޝައިޚް އިދުރީސް ޙުސައިން، އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އަދި އައްޝައިޚް ޢަލީ ޒާހިރު ބިން ޢަބްދުލް މަންނާން ކަމަށް ޚަބަރު ލިބެއެވެ.
މިރޭގެ "އިޙްޔާ ފޯރަމް" ވެސް އެމް.އެން.ބީ.ސީ1 އިން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޚިޔާލު