ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ރަމަޟާމް މަސް އިޙްޔާކުރުމުގެ ޕްރޮގްރާމްގައި މިރޭ ތަޤްރީރު ކުރައްވާނީ އައްޝައިޚު ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

ރަމަޟާމް މަސް އިޙްޔާކުރުމުގެ ޕްރޮގްރާމްގައި މިރޭ ތަޤްރީރު ކުރައްވާނީ އައްޝައިޚު ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްކަމަށް އިސްލާމިކް އެފެއާރޒުން ހާމަކޮށްފިއެވެ.

ދިއިސްލާމްއަށް މައުޟޫމާތު ދެއްވަމުން އިސްލާމިކް އެފެއާރޒުގެ މިނިސްޓްރީއިން ހާމަކުރެއްވިގޮތުގައި މިރޭ އޮންނަ ޖަލްސާގައި އައްޝައިޚު ޢަލީ ޒާހިރު ތަޤްރީރު ކުރައްވަވާނީ “އިސްލާމް ދިނާއިމެދު ކުރެވޭ ކުށް ހީތައް” މިމަޢުޞޫއަށް ކަމަށާއި މިޖަލްސާގައިވެސް ޖަލްސާގެ ހާޒިރީންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. މައުޟޫމާތު ލިބިފައިވާގޮތުގައި ސުވާލުތަކަށް ޖަވާބުދެއްވުމަށް ޕެނެލްގައި ތިއްބަވާނީ ފަޟީލަތުއްޝައިޚު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އައްޝައިޚު ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އަދި އައްޝައިޚު ޢަލީ ޒާހިރު ޢަބްދުލްމައްނާން އެވެ.

ރަމަޟާމް މަސް އިޙްޔާކޮށް ދިރުވުމަށް ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްތަކުގެ ދެވަނަ ބައްދަލުވުމުގައި މިރޭ އެމްއެންބީސީ ވަން އިން ލައިވްކުރާނެއެވެ. އަދި ރެކޯޑިންގ މާދަމާ މެންދުރުގެ ވަގުތެއްގައި ގެނެސްދޭނެއެވެ. އަދި ދަރުސްލައިވް.ކޮމް އަށް މިޖަލްސާ އަޕްލޯޑް ކުރާނެއެވެ. އިންޝާﷲ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *