ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

އިޙްޔާ ކުރުމުގެ ގޮތުން ބާއްވާ ފުރަތަމަ ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގައި، ކުރީގެ ޓީވީއެމް އިން ވަގުތުން ދައްކާނެ. އިންޝާﷲ

ރަމަޟާން މަސް އިޙްޔާ ކުރުމުގެ ގޮތުން ބާއްވާ ފުރަތަމަ ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގައިއޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

"ރޯދަ މަހާއި އަޅުކަން" މިމައުޟޫއަށް ބާއްވާ މިޖަލްސާގައި ވާހަކަފުޅު ދައްކަވާނީ އިސްލާމިކް މިނިސްޓާރ ޑރ އަބްދުލް މަޖީދު އަބްދުލްބާރީއެވެ. މިރޭ 9.15 ގައި އިސްލާމީ މަރުކަޒު ޖަލްސާކުރާ މާލަމްގައި އޮންނަ މިޖަލްސާއަށް ފަހު ހާޒިރީންގެ ސުވާލަށް ޖަވާބު ދެއްވުންވެސް އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައެވެ. ޖަވާބު ދެއްވާ ޕެނަލްގައި ތިއްބަވާނީ ޑރ އަބްދުލް މަޖީދު އަބްދުލްބާރީ އާއި އައްޝެއިހް މުހައްމަދު ޝަހީމު އަލީ ސަޢީދު އަދި ޝެއިހް އަލީ ޒާހިރުއެވެ.

މިޖަލްސާ އެމްއެންބީސީ ވަން (ކުރީގެ ޓީވީއެމް) އިން ވަގުތުން ދައްކާނެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ޕްލީޒް ޕޮލީޒް ދަރުސް ލައިވް އަށް އަޕްޑެޓް ކޮށްދެއްޗޭ އިނގޭ.

Your email address will not be published. Required fields are marked *