ޢަދާލަތު ޕާޓީއިން 'ރޯދައިގެ ހަދިޔާ' މިމަޢުލޫއަށް އައްޝައިޚް އިލްޔާސް ޙުސައިންގެ ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް ޢަދާލަތު ޕާޓީއިން ހާމަކުރައްވައިފިއެވެ.
މިދަރުސް ބާއްވަން ހަމަޖެހިފައިނީ މިމަހު 30 ވާ ހުކުރު ދުވަހު ގެ ރޭ، އަލިމަސް ކާނިވަލްގައި ކަމަށް ޢަދާލަތު ޕާޓީއިން ހާމަކުރައްވައެވެ. ރަމަޟާން މަސް މިހާގާތްވެފައިވަނިކޮށް ބާއްވާ މިދަރުސްގައި ރަމަޟާންމަހާއި ބެހޭ މުހިންމު ދަރުސްތަކެއް ލިބިގެންދާނެކަމަށް ދިއިސްލާމްއަށް ހަބަރު ލިބެއެވެ. މިދަރުސް ޓީވީ މޯލްޑިވްއިން ވަގުތުން ލައިވްކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް މިދަރުސް އިންތިޒާމްކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ޢަލީ ނަސީމް ވިދާޅުވިއެވެ. މިދަރުސްއަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުވުމަށް އަދާލަތު ޕާޓީއިން އެދިލައްވައެވެ.
ރަމަޟާން މަހާއި ގުޅިގެން ދީނީ ޖަމާއަތްތަކުންވެސް ދަނީ ތަފާތު ޕްރޮގްރާތައް ރާވަމުންނެވެ.
ދަރުސް އިޝްތިހާރު ކޮށްދިނުމުގެ ގޮތުން އެންމެހޭ ކިޔުންތެރިން މަސައްކަތް ކޮށްދެއްވުން އެދެމެވެ. ވީހާވެސް ގިނަ ބަޔަކަށް މިމެސެޖް ދެއްވާށެވެ.
ޚިޔާލު