އަރަބިދުނިޔެދިއިސްލާމް

ޤުރުއާނުގެ ތަރުޖަމާ ޙައްޖުވެރިންނަށް ބަހައިފި

 

ޤުރުއާނުގެ ތަރުޖަމާ ޙައްޖުވެރިންނަށް ބަހައިފިކަމަށް ސައުދީ ގެ އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.

 

ސައުދީ ގެ އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފައިވާގޮތުގައި އެމިނިސްޓްރީއިން 20 މިލިއަން ޤުރުއާނުގެ ކޮޕީ މާތްވެގެންވާ ދެ މިސްކިތަށް ބަހާފައިވާކަމަށާއި ޤުރުއާނުގެ އިތުރުން އިސްލާމްދީނުގެ މައުލޫމާތު ހިމެނޭ އެކި ފޮތްތައްވެސް ބަހާފައިވާކަމަށެވެ. ޙައްޖުވެރިން މައްކާއިން ބޭރުވާ މަގުތަކުގައި ކުރިއަށްދާ މިހަރަކާތުގައި އިސްލާމް ދީނުމުގެ މައުލޫމާތު ހިމެނޭ އޯޑިއޯ ޓޭޕް ވެސް ބަހަމުންދާކަމަށެވެ. ކީރިތި ޤުރުއާނުގެ އެކި ބަސްބަހަށް ތަރުޖަމާ ކޮށްފައިވާ ފޮތްތައްވެސް ޙައްޖުވެރިންނަށް ދަނީ ފޯރުކޮށްދެމުންނެވެ.

 

ޙައްޖުގެ އަޅުކަން ފެށުމުގެ ކުރިންވެސް ވަނީ ޙައްޖުވެރިންނަށް ކީރިތި ޤުރުއާނާއި ޤުރުއާން ތަރުޖަމާގެ ކޮޕީތައް ގިނަ އަދަދަކަށް ޙައްޖުވެރިންނަށް ބަހާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *