އަރަބިދުނިޔެދިއިސްލާމް

މިއަހަރުގެ ޙައްޖަށް 2927717 މީހުން ޖަމާވި!


 

މިއަހަރުގެ ޙައްޖަށް 2927717 މީހުން ޖަމާވެފައިވާކަމަށް ސައުދީގެ ސެންޓްރަލް ޑިޕާރޓްމަންޓް އޮފް އިންފޮމޭޝަން އެންޑް އިންފޮމޭޝަންއިން ހާމާކޮށްފިއެވެ.

 

1432 ޙ  ވަނަ އަހަރު ޙައްޖުގެ މާތް އަޅުކަން އަދާކޮށްފައިވާ މީހުންގެ ތެރެއިން 1828195 މީހުން އައިސްފައިވަނީ ސައުދީ އަރަބިޔާއިން ބޭރުން ކަމަށާއި 1099522 މީހުން ޙައްޖުގެ އަޅުކަމުގައި ބައިވެރިވެފައިވަނީ ސައުދީގެ މީހުންކަމަށެވެ.  ސައުދީ ސަރުކާރުން ކޮންމެއަހަރަކުވެސް ޙައްޖުކުރުމަށް ފުރުސަތު ދޭ މީހުން ދަނީ އިތުރު ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ސައޫދީ ސަރުކާރުން ވަނީ އެހެން އަހަރުތަކެކޭ އެއްފަދައިން ބޮޑެތި ހޭދަތަކެއް ކޮށްފަ އެވެ. 10.6 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްގެ ދަށުން ހަރަމްފުޅު ބޮޑުކޮށްފައި ވާއިރު މިހާރު އެއްފަހަރާ ދެ މިލިއަން މީހުންނަށް އަޅުކަން ކުރެވޭނެ ޖާގަ ވަނީ ތަނަވަސްވެފަ އެވެ.

މިއަހަރު ރާއްޖެއިންވެސް ވަނީ 10 ޖަމާއަތެއްގެ ހަވާލުގައި 1،500 މީހުން ހައްޖަށް ގޮސްފައެވެ..

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *