ތޫނިސްގައިބޭއްވުނު އިންތިޚާބުގައި ހިޒްބުއްނަހްޡާ އާދެ! އެޤައުމުގައި އިޚްވާނުލް މުސްލިމޫން ހޯދިކާމިޔާބާއި ލީބިޔާގެ ޘަވްރާއަށްފަހު އެތާނގެ ދަސްތޫރުގެ އަސާސަކީ އިސްލާމީ ޝަރީޢާ ކަމުގައި އިޢުލާނުވެގެންދިއުމުން މިދެ މުހިންމު ކަމަކީ ފަރަންސޭސި ވިލާތުގެ ބައެއްނޫސްވެރިންގެ ހިތްތައް ކަތިލިކަމެކެވެ.
މުފައްކިރަތުލް އިސްލާމް ބަޔާންކުރާގޮތުގައި ފަރަންސޭސި ވިލާތުގައި ހަފްތާއަކު އެއްފަހަރު ނެރެމުންދާ ސިޔާސީ މަޖައްލާއެއްކަމުގައިވާ ޗާލީ ހެބްޑޫ ގެ Charlie Hebdo މަރުކަޒަށް މިދިޔަ އަންގާރަދުވަހުގެ ހަވީރުގެ ވަގުތެއްގައިވަނީ މޮލޮޓޮވް ބޮމެއްގެ ހަމަލައަކާކުރިމަތިލާންޖެހިފައެވެ. މި ޙަމަލައާ ކުރިމަތިލާންޖެހިފައިވަނީ އެ މަޖައްލާއިން ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމުގެ ގޮތުން އެ މަޖައްލާގެ އެޑިޓަރަކީ އިތުރު އެކަލޭގެފާނުކަމުގައި އިޢުލާނުކުރުމުންނެވެ.
މިފުރައްސާރައަކީ ތޫނިސްގައި ޙިޒްބުއް ނަހްޡާ އަލްއިސްލާމީ ހޯދި ކާމިޔާބާއި އަދި ލީބިޔާގައި އިސްލާމީ ޝަރީޢަތް އިޢުލާނު ކުރުމާގުޅިގެން އިސްލާމްދީނަށާއި އިސްލާމީ ރިސާލާތާއިގެން އެންމެ ފަހުން ވަޑައިގެންނެވި ރަޙުމަތުގެ ނަބިއްޔާއަށް ފުރައްސާރަކުރުމުގެ ގޮތުންނެވެ. ޔޫރަޕްގެ ރޭޑިއޯ ސްޓޭޝަން 1 ން އެމަޖައްލާގެ ޑައިރެކްޓަރ އޮފް އެޑްވަޓައިސިންނާ ޙަވާލާދީ ބަޔާންކުރާގޮތުގައި އެ ޙަމަލާގެ ސަބަބުން ޕެރިހުގެ 20 ދާއިރާގައި ހުންނަ އެ މަރުކަޒުގެ ބައެއްތަންތަން ކޮޅު އަދާފައިވެއެވެ. އަދި ޔުނައިޓެޑް ޕްރެސް އިންޓަރނޭޝަނަލާއި ޙަވާލާދީ މުފައްކިރާއިން ބަޔާންކުރާގޮތުގައި އިއްޔެ، ބުދަދުވަހު، ގެ ހެދުނު އެ މަޖައްލާގެ ވެބްސައިޓްވަނީ ހެކަރުންގެ ޝިކާރައަކަށްވެފައެވެ. ސައިޓުން މިހާރުފެންނަމުންދަނީ މަޖައްލާގެ އެފުރައްސާރަކުރުން ކުށްވެރިކޮށް އިނގިރޭސިބަހާއި ތުރުކީބަހުން ލިޔެފައިވާ ލިޔުންތަކެކެވެ. އެމަޖައްލާއިން ކުރިއިޢުލާނުގައި ޝަރީޢަތަށް މަލާމަތްކުރެވި ކީރިތި ރަސޫލާ ކާޓޫނުކުރެވިފައިވާކަމަށްވެއެވެ. މި މަޖައްލާއަކީ 2006 މިފަދަ ކުށެއްގައި ޝަރީޢަތުގެ ކުރިމައްޗަށް ގެނެވިފައިވާ ޤާނޫނީ ޝަޚްޞެކެވެ.
މުސްލިމުންނާއި އިސްލާމީ ޝަރީޢަތާއި އިންސާނިއްޔަތުގެ ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ މިއަދު މިވަނީ އަދާވާތްތެރިން ފުރައްސާނަ ކުރާންހުރި އެއްޗިއްސަށްވެފައެވެ. މިކަމުގެ ބޮޑު ޒިންމާއެއް އިސްލާމީ ދައުލަތްތަކުގެ ވެރިންނާއި އިސްލާމީ އުންމަތުގެ މީސްތަކުންގެ ބޮލުގައި އެޅިގެންދެއެވެ. އެންމެ ފުރަތަމަ އެނގިނަމަވެސް ނޭގިނަމަވެސް އެދީނަށް އަދި އެދީނުގެ ޙުކުމްތަކަށް ފުރައްސާރަކުރުމުގެ މަގުފަހިކުރީ މުސްލިމުންގެ ތެރެއިންބަޔެކެވެ. ތިބާވިސްނާލައްވާށެވެ. ރާއްޖޭގައި މިހާރު މިއޮތް ވެރިކަން އައުމުގެ ކުރީގައި އޮތްވެރިކަން ވައްޓާލުމަށް ކުރެވުނު ކެމްޕޭނު އެންމެ ބާޜުލާފައި ހިންގި އެމްޑީޕީގެ ލީޑަރުންގޮވާލީ ލޮލަކަށް ލޮލެއް އަދި ބޮލަކަށް ބެލެއްގެ އުޞޫލަށް ޢަމަލުކޮށްގެން އަހަރުމެންނަކަށް ކުރިއެރުމެއް ނުލިބޭނެކަމަށެވެ. ފުރައްސާރަ މިކުރެވުނީ އިސްލާމީ ޝަރީޢަތަށެވެ. ނުޙައްޤުން މީހަކު މަރައިފިނަމަ ނޫނީ އެހެންވެސް ޝަރީޢީ ހައްދެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަ ޙައްދުޖެހުމުގެ ރީތި ނަމޫނާދެއްކެވީ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އެ ކެމްޕޭނުގައި އެޕާރޓީއަށް އެހީތެރިވެދިން އިސްލާމީ އުންމަތުގެ އަޚުންނާއި އުޚުތުން ކަމުގައި އަހަރެމެންދިވެހިން ފަހެ ނުވޭބާވައެވެ؟ އިސްލާމީ ޝަރީޢަތާއި އެ ޝަރީޢަތުގެ ހެޔޮ އަދި ބާއްޖަވެރި ޙުކުމްތަކާ ޚިލާފަށް އުންމަތްގެންދަނީ ވެރިންނާއި ސިޔާސީ މާހިރުންނެވެ. އެކަމުގައި އެއްބާރުލަނީ އުންމަތުގެ ކޮންމެވެސްބަޔެކެވެ. ވީއިރު އެ ފުރައްސާރަކުރުމުގެ ޒިންމާނަގަންޖެހޭ ފަރާތަކަށް އެންމެފުރަތަމަ ވާންޖެހޭނީ ކޮންބައެއްހެއްޔެވެ؟


















ޚިޔާލު